Advertisement

އިޒްރާއީލުގެ ވައިގެ ހަމަލާތަކުގައި ދީފައިވާ ގެއްލުންތައް ---

23 Oct 2023
ދުނިޔެ

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް އދ.ގެ 35 މުވައްޒަފުން މަރާލައިފި

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އިންސާނީ އެހީދިނުމުގައި މަސައްކަތް ކުރަމުން އަންނަ އދ. ގެ 35 މުވައްޒަފަކު މިހާތަނަށް މަރާލައިފިއެވެ.

އދ. ގެ އިންސާނީ އެހީ ދިނުމުގެ ގޮފި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޣައްޒާއަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކަށް 16 ދުވަސްވިއިރު، އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެ ޖަމާޢަތުގެ މުވައްޒަފުންގެ އަދަދު މިހާރު ވަނީ 35އަށް އަރާފައި ކަމަށެވެ. އަދި ޒަޚަމްވެފައިވާ އެޖަމާޢަތުގެ މުވައްޒަފުންގެ އަދަދު 18އަށް އަރާފައިވާ ކަމުގައިވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ. އަދި މިހާތަނަށް އެޖަމާޢަތުން އެހީ ދިނުމުމަށް ބޭނުން ކުރާ 40 މަރުކަޒަކަށްވެސް އިޒްރާއީލުން ހަމަލާތައް ދީފައިވާ ކަމުގައި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އިން ވަނީ ބުނެފައެވެ.

އިޒްރާއީލްގެ ހަމަލާތަކުގައި އދ. ގެ ގިނަ އަަދަދެއްގެ މުވައްޒަފުން މަރުވަމުން ދާއިރު، އެކަމާއި ދެކޮޅަށް، އދ. އިންވެސް މާބޮޑު ކަމެއް ނުކުރެއެވެ. އދ. ގެ މުވައްޒަފުންގެ ތެރެއިން މަރުވި ގިނަ މީހުންނަކީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އިން ފަލަސްޠީނުގައި ހިންގާ ސްކޫލުތަކުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ.

މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ވަނީ، 4651 މީހުން ޝަހީދުވެފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ، ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްޠީނު މީހުންގެ އަދަދުވެސް މިހާރު ވަނީ، 14245އަށް އަރާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.