Advertisement

މިސްރުގެ ރައްޔިތުން ތަހްރީރް މައިދާނުގައި ---

21 Oct 2023
ދުނިޔެ

ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި މިސްރުގެ ރައްޔިތުން ތަހްރީރް މައިދާނަށް ނުކުމެއްޖެ

ޣައްޒާގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކޮށް މިސްރުގެ ރައްޔިތުން ތަހްރީރް މައިދާނަށް އެއްވެއްޖެއެވެ.

މިސްރުގެ ވެރިރަށް ޤާހިރާގެ މެދުތެރޭގައިވާ ތަހްރީރު މައިދާނަކީ، ރައްޔިތުން ނުކުމެ އިހްތިޖާޖުތައްކޮށް މިސްރަށް އިންޤިލާބީ ބޮޑު ބަދަލުތައް ގެނުވި މައިދާނެކެވެ. 2013 ވަނަ އަހަރުގެ ފަހުން ތަހްރީރް މައިދާނުގައި އެއްވުންތައް ބޭއްވުމަށް މިސްރު ސަރުކާރުން ފުރުޞަތެއް ނުދެއެވެ. އެހެންކަމުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މުގުރާލައި، މިސްރުގެ އާއްމު ރައްޔިތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ތަހްރީރް މައިދާނަށް އެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި، މިސްރުގެ އާއްމު ރައްޔިތުން ތަހްރީރް މައިދާނުގައި ބޭއްވި އެއްވުމުގެ ތެރެއިން 43 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިޒްރާއީޒުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 4000 ވުރެ ގިނަ މީހުން ޝަހީދުވެ، އަދި ޣައްޒާއިން ފެނާއި ކަރަންޓް ކަނޑާލައި ކާބޯތަކެއްޗާއި ބޭސް ވެއްދޭނެ މަގުތައް އިޒްރާއީލުން ބަންދުކޮށްފައި އޮތުމާއި، އެކު، މިސްރާއި ޣައްޒާ ގުޅުވައިދޭ ރަފަހް ބޯޑަރު ހުޅުވާލައި މިސްރުގެ ތެރެއިން ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށްވެސް މިސްރުގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަފަހް ބޯޑަރު ހުޅުވުމަށްޓަކައި ރަފަހް އެތަނަށްވެސް މިސްރުގެ އާއްމު ރައްޔިތުން ވަނީ ނުކުމެފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި، މިސްރުގެ ރައްޔިތުން ތަހްރީރް މައިދާނަށް ނުކުތް އިރު، 2011 ވަނަ އަހަރު ފެށިގެން އައި ޢަރަބި ބަހާރުގެ ތެރޭގައި، މިސްރުގެ ރައްޔިތުން އެ ޤައުމުގެ ރައީސް ހުސްނީ މުބާރަކްގެ ދިގުވެރިކަން ނިމުމަކަށް ގެނައީ ތަޙްރީރު މައިދާނުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.