Advertisement

ފޮޓޯ: އޭއެފްޕީ

28 Oct 2023
ދުނިޔެ

އެމެރިކާއިން ބުނަނީ އިސްރާއީލުގެ ހަމަލާތަކަށް އެމީހުން ވަކި ހައްދެއް ކަނޑަނާޅާނެކަމަށް: ދުވަސް 21

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 21 ވަނަ ދުވަސް، 27 އޮކްޓޯބަރ 2023ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ އިންޓަނެޓާއި މުވާސަލާތީ ގުޅުންތައް މިހާރު މުޅިންހެން މެދުކެނޑުމަކަށް އައިސްފައިވާއިރު، ޣައްޒާއާއި މުޅި ދުނިޔެއާ މިވަނީ ގުޅުން ކެނޑިފައި. އަދި އ.ދ. ހިމެނޭހެން ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ބައިނަލްއަގްވާމީ އެހީދޭ ޖަމްއިއްޔާތަކުން ބުނަމުން އަންނަނީ، ޣައްޒާގައި ތިބި އެމީހުންގެ ޓީމުތަކާ ވެސް އެއްކޮށް ގުޅުންކެނޑިފައިވާކަމަށް.

🔴 އިސްރާއީލުގެ އަސްކާރިއްޔާއިން ޣައްޒާ ރެއިޑް ކުރުމަށް ތައްޔާރުވެ، އެ އޮޕަރޭޝަން ފުޅާ ކުރަމުން އަންނަކަން އިއުލާންކުރުމަށްފަހު، އެމީހުންގެ ހަމަލާތައް ވަރުގަދަކޮށް، މެދުކެނޑުމެއްނެތި ޣައްޒާއަށް މިހާރު ދަނީ ބޮން އަޅަމުން. ހަމާސްއިން ބުނަމުން އަންނަނީ މި ހަމަލާތައް މައިތިރިކުރުމަށް އެމީހުން މަސައްކަތްކުރަމުން އަންނަކަމަށް.

🔴 ޣައްޒާގައި ހުރި އަލް-ޝިފާ ހޮސްޕިޓަލަކީ ހަމާސް އިން އޮޕަރޭޓްކުރާ ހޮސްޕިޓަލެއްކަމަށް ބުނެ، އެ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ވިސްނުން އިސްރާއީލު ސިފައިން ގެންގުޅެމުންދާއިރު، ފަލަސްތީނުގެ އޮފިޝަލުންވަނީ މިކަން ދޮގުކޮށްފަ. އަދި އ.ދ.ގެ ކުރީގެ ޙާއްސަ ރިޕޯޓަރަކު އަލްޖަޒީރާއަށް ވިދާޅުވީ، އިސްރާއީލުން މަސައްކަތް ކުރަނީ މި ހަމަލާގެކުރިން އާންމުންގެ ހިޔާލު ހޯދުމަށްކަމަށް.

🔴 ޣައްޒާއާއި އިސްރާއީލު ގުޅޭ ހިސާބުގައި ދެމުންގެންދާ ހަމަލާތައް ޣައްޒާގެ އިތުރު 3 ސަރަޙައްދަކަށް ވަނީ ފުޅާކޮށްފައި.

🔴 އ.ދ.ގެ ޖެނެރަލް އެސެމްބްލީން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައިވާއިރު، އެމެރިކާ އާއި އިސްރާއީލުން އިސްކޮށް ތިބެ، 14 ގައުމަކުން ވަނީ އެ ފިޔަވަޅާ ދެކޮޅަށް ވޯޓު ދީފައި.

🔴 ބައިޑެންގެ ސަރުކާރުން ބުނަމުން އަންނަނީ، އިސްރާއީލަށް މި ހަނގުރާމައިގައި ހުރަސްކުރަން ނުޖެހޭ ރަތް ރޮނގެއް، ނުވަތަ ކަނޑައެޅިފައިވާ ވަކި ހައްދެއް އެމެރިކާއިން ކަނޑަނާޅާނެކަމަށް. އަދި  މި ހަނގުރާމައިގައި އިސްރާއީލަށް ތާއިދުކުރާކަން އަންނަނީ ތަކުރާރު ކުރަމުން.

🔴 ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީއިން އަންގަނީ، ހަނގުރާމަ އިތުރަށް ފުޅާވަމުން އަންނާތީ އެ ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.