ދުނިޔެ
ދުނިޔެ
17 May 2023
ދުނިޔެ
ނިއުޒީލެންޑުގެ ވެލިންޓަންގެ ހޮސްޓެލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަ މީހަކު މަރުވެއްޖެ
މީހުން ސަލާމަތްކުރުމުގައި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ، މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނޭ ކަމަށް ބުނެފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނިއުޒިލޭންޑްގެ ފުލުހުން ބުނީ، 11 މީހަކަށް ވީނުވީގޮތެއް ނޭނގޭ ކަމަށާއި، 52 މީހުން އެ އިމާރާތުން ނުކުމެފައިވާ ކަމަށާއި، އަލިފާން ނިއްވާ ފަރާތްތަކުން އިމާރާތުގެ ފުރާޅުމަތިންވެސް ފަސް މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. ފަސް މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.
16 May 2023
ދުނިޔެ
އިންޑިއާގެ 5 މަސައްކަތު މީހުން ދިރިތިއްބައި ވަޅުގައި މަރާލި ސަޢޫދީގެ 3 މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒްކޮށްފި
އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކުރީ، މީގެ 13 އަހަރު ކުރިން އެ ތިން މީހުންވެގެން އިންޑިއާގެ 5 ލޭބަރުން ދިރިތިއްބައި ވަޅުލައި މަރާލިކަން އެމީހުންގެ މައްޗަށް ސާބިތުވެގެން މަރަށް މަރު ހިފުމަށް ޙުކުމްކޮށްފައިވާތީއެވެ. އިންޑިއާގެ ފަސްމީހުން ދިރިތިއްބައި ވަޅުލައި މަރާލާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޤާތިފް އާއި ކައިރީގައިވާ، ސަފްވާގެ ދަނޑުބިމެއްގެ ތެރޭގައެވެ. މިއަމަލު އެމީހުން ހިންގާފައި ވަނީ 2010 ވަނަ އަހަރުގައެވެ.
14 May 2023
ދުނިޔެ
ތޫފާން މޯޗާގައި ބަންގުލަދޭޝް އިން 3 މީހުންމަރުވެއްޖެ
މި ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ސަރަހައްދުތަުގެ ތެރޭގައި ބަންގުލަދޭޝްގައި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ. ބާރުވައިގެ ސަބަބުން ގަސްތަކާއި ރުއްތައް ވެއްޓިފައިވާއިރު ބޯވާރެޔާއެކު އަވަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. ރޮހިންޔާގެ ރެފިއުޖީން ބަންގްލަދޭޝްގައި ދިރިއުޅޭ ކޮކްސް ބާޒާރު ސަރަހައްދަކީ، މިޔަންމާއާ ގާތުގައިވާ ބިންތިރި އައްސޭރިފަށުގެ ސަރަހައްދެކެވެ.
13 May 2023
ދުނިޔެ
ވައިގެތެރެއަށް މަތިންދާބޯޓު ދޫކޮށްލާފައި ފުންމާލި ޔޫޓިއުބަރަކަށް 20 އަހަރުގެ ޖަލުހުކުމެއް
އެމެރިކާގެ ޔޫޓިއުބަރެއް ކަމަށްވާ ޓްރެވާ ޑެނިއަލް ޖެކޮބް، (29އ) މަސައްކަތްކޮށްފައި ވަނީ، އޭނާ ދަތުރުކުރި މަތިންދާބޯޓު އިންޖީނަށް މައްސަލަދިމާވެގެން ވެއްޓުނީކަން ދެއްކުމަށެވެ. އެހެން ނަމަވެސް އެއީ ހާދިސާއެއް ނޫންކަމާއި، ދުރާލާ ރާވައިގެން ކުރިކަމެއް ކަމަށް މިހާރު އޭނާ ވަނީ ޢިއުތިރާފްވެފައިވާކަމުގައި، އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. އަދި ޖެކޮބް އޭނާގެ މައްޗަށް ކުރާ ދަޢުވާތަކަށް އިޢުތިރާފްވެފައި ވާތީ އޭނާއަށް ޖުމުލަ 20 އަހަރުގެ ޖަލު ޙުކުމަކާއި ކުރިމަތިލާންޖެހޭނެ ކަމުގައި، އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.
09 May 2023
ދުނިޔެ
އިމްރާން ޚާން ހައްޔަރުކުރުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 5 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި 5 މީހުންވެސް މަރުވީ، އިސްލާމް އާބާދުގައި ހުންނަ ސިފަންގެ މަރުކަޒެއްގެ ކުރިމަތީގައި އާއްމުންނާއި ސިފަންނާއި ދެމެދު ހިނގަމުންދިޔަ މުޒާހަރާގެ ތެރެއިންނެވެ. ސިފައިން އާއްމުންގެ ތެރެއަށް ބަޑިޖެހުމުން އެކަކު ވަގުތުން މަރުވި އިރު އިތުރު 4 މީހުން މަރުވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސިފައިން ކެނޑިނޭޅި ބަޑިޖަމުން ދިޔަ ކަމުގައި މަންޒަރުދުށް ފަރާތްތަކާއި ހަވާލަދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
09 May 2023
ދުނިޔެ
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން ހައްޔަރުކޮށްފި
ޕެރަމިލިޓަރީ ފުލުހުން އިމްރާންޚާން ހައްޔަރުކޮށްގެން ގެންދާ މަންޒަރުފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު، އެވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން އިމްރާން ޚާން ވަށާލައިގެން ތިބެއެވެ. ޕާކިސްތާނުގެ ފުލުހުން ބުނެފައި ވަނީ، އިމްރާންޚާން ހައްޔަރުކުރީ އެމަނިކުފާނާއި ދެކޮޅަށް ތަޙްޤީޤު ކުރަމުންދާ ކޮރަޕްޝަނުގެ މައްސަލައެއްގައި ކަމަށެވެ. އެހެން ނަމަވެސް އިމްރާން ޚާންވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.
27 Apr 2023
ދުނިޔެ
ހަނގުރާމައިން ސަލާމަތްވުމަށް އާއްމުން ރަތްކަނޑުގެ އައްސޭރިއަށް ޖަމާވަނީ
ވެރިރަށް ޚާތޫމްގައި ގަދައަށް ހަމަލާ ބަދަލުކުރުންތައް ކުރިޔަށް ދިޔުމަށްފަހު އިއްޔެ ވަނީ ކޮންމެވެސް މިންވަރަކަށް ހަމަލާ ބަދަލުކުރުންތައް މަޑުޖައްސާލާފައެވެ. ހަނގުރާމައިގެ ސަބަބުން ވެރިރަށުން އެތައް ހާސް ބަޔަކު ނުކުންނަމުންދާއިރު، ޚާތޫމްގެ ހާލަތު ގޯސް ކަމަށާއި، ކާނާ އާއި ބޯފެނަށް އެސިޓީ ޖެހިއްޖެ ކަމުގައިވެސް ޚަބަރުތައް ބުނެއެވެ.
21 Apr 2023
ދުނިޔެ
ސޫދާނުގައި މި ކުރަނީ ކޮން ހަނގުރާމައެއް؟
މިވަގުތު ސޫދާނުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަށް ބަލާލާއިރު އެއީ އެގައުމުގެ ސިފައިންގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ދޭތެރޭގައި ފަށިގެން ކުރިޔަށްދާ ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުން ތަކުގައި މިހާތަނަށް 200 އަށް ވުރެން ގިނަ އާންމު ރައްޔިތުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.