Advertisement

ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން --- ފޮޓޯ: އަލްޖަޒީރާ

09 May 2023
ދުނިޔެ
ޢަލީ ސުލައިމާން

އިމްރާން ޚާން ހައްޔަރުކުރުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 5 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން ހައްޔަރު ކުރުމާއި ގުޅިގެން، ހިނގަމުންދާ ހަމަނުޖެހުންތަކުގައި، 5 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި 5 މީހުންވެސް މަރުވީ، އިސްލާމް އާބާދުގައި ހުންނަ ސިފަންގެ މަރުކަޒެއްގެ ކުރިމަތީގައި އާއްމުންނާއި ސިފަންނާއި ދެމެދު ހިނގަމުންދިޔަ މުޒާހަރާގެ ތެރެއިންނެވެ. ސިފައިން އާއްމުންގެ ތެރެއަށް ބަޑިޖެހުމުން އެކަކު ވަގުތުން މަރުވި އިރު އިތުރު 4 މީހުން މަރުވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސިފައިން ކެނޑިނޭޅި ބަޑިޖަމުން ދިޔަ ކަމުގައި މަންޒަރުދުށް ފަރާތްތަކާއި ހަވާލަދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އިމްރާން ޚާން ހައްޔަރުކުރުމާއި ގުޅިގެން ވެރިރަށް އިސްލާމް އާބާދުގެ އިތުރުން، ލާހޯރު، ކަރާޗީ، ޕިޝާވަރު އަދި ރާވަލްޕިންޑީގައި ދަނީ ވަރުގަދަޔަށް މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގަމުންނެވެ. މިގޮތުން ސިފައިންގެ މަރުކަޒުތަކަށް އާއްމުން ވަދެގެންފައި ވާއިރު، ސިފައިންގެ މަރުކަޒުތަކާއި ވެހިކަލްތަކުގައި ރޯކޮށްލައި އާއްމުންދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. މިހަމަ ނުޖެހުންތަކާއި ގުޅިގެން ޕާކިސްތާނުގެ ހާލަތު ދަނީ ގޯހުން ގޯހަށް ބަދަލުވަމުން ކަމުގައި، ބައިނަލްއަޤުވާމީ މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

އިމްރާންޚާންގެ ޕާޓީ ޕާކިސްތާން ތަޚްރީކޭ އިންސާފް ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، ޕެރަމިލިޓަރީ ފުލުހުން އިމްރާންޚާން ހައްޔަރުކުރީ އިސްލާމް އާބާދުގެ ކޯޓުގައި ހުއްޓައެވެ. އަދި ޕެރަމިލިޓަރީ ފުލުހުން ކޯޓުތެރެއަށް ވަދެ އިމްރާން ޚާން ގެންދިޔައީ، އެއްވެސް ޤާނޫނީ އުސޫލަކުން ނޫންކަމަށާއި، އެހައްޔަރު ކުރުމަކީ، އިމްރާންޚާން ވަގަށް ނެގުންކަންވެސް ޕާޓީން ވަނީ ސިފަކޮށްފައެވެ.

މިއަދު މެންދުރު ފަހު އިމްރާންޚާން ހައްޔަރުކުރި އިރު އެމަނިކުފާނު ހައްޔަރުކޮށްފައި ހުރި ތަނެއް ނޭނގެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.