Advertisement

ފޮޓޯ: ގެޓީ އިމޭޖަސް

21 Apr 2023
ދުނިޔެ
މިފްތާޙް މުޙައްމަދު

ސޫދާނުގައި މި ކުރަނީ ކޮން ހަނގުރާމައެއް؟

ސޫދާންއަކީ ދާހިލީ ހަމަނުޖެހުން އަބަދުވެސް ގިނަ ގައުމެކެވެ. އެގޮތުން 1955-1972 އަށް ހިނގި ދާހިލީ ހަމަނުޖެހުމާއި އަދި 1983-2005 އަށް ކުރިޔަށް ދިޔަ ދާހިލީ ހަމަ ނުޖެހުމަކީ ހުރިހާ ގޮތަކުންވެސް ގައުމަށް ނިކަމެތިކަން ލިބުނު, އަދި އެތަކެއް އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެން ދިޔަ ދެ ހަމަނުޖެހުމެވެ. ވިހި އަހަރަށް ވުރެން ގިނަ ދުވަހަށް ދިގު ދެމިގެން ދިޔަ ދެވަނަ ދާހިލީ ހަމަނުޖެހުމުގައި 2.5 މިލިއަނަށް ވުރެއް ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެ ފަހުންވެސް ސޫދާނުގައި ތިން ފަހަރެއްގެ މަތިން ދާހިލީ ހަމަނުޖެހުން ހިނގައިފައިވެއެވެ

މިވަގުތު ސޫދާނުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަށް ބަލާލާއިރު އެއީ އެގައުމުގެ ސިފައިންގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ދޭތެރޭގައި ފަށިގެން ކުރިޔަށްދާ ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުން ތަކުގައި މިހާތަނަށް 200 އަށް ވުރެން ގިނަ އާންމު ރައްޔިތުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 މި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް؟

މި ހަމަނުޖެހުންތައް ފެށުނީ ސޫދާންގެ މިލިޓަރީގައި އުފެދިފައިވާ މައި ދެ ފެކްޝަނުން, އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް ނިކުމެ ޤައުމާއި މިލިޓަރީ އެމީހުންގެ ބާރުވެރިކަމުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ

ހަތިޔާރު އެޅި ސޫދާންގެ ސިފައިންނަކީ ގައުމު ހިންގެމާއި ހަވާލުވެހުރި, ޖެނެރަލް އަބްދުލް ފައްތާޙު އަލް ބުރްހާންއަށް ވަފާތެރި ސިފައިންނެވެ. އަދި ރެޕިޑް ސަޕޯޓް ފޯސަސް (އާރު. އެސް. އެފް.) ގެ ސިފައިން ދެކޭ ގޮތުގައި އެމީހުންގެ ލީޑަރަކީ ޖެނެރަލް މުޙައްމަދު ހަމްދާން ޑަގަލޯ, ނުވަތަ އާންމު ނަމުންނަމަ ހަމެޓީ އެވެ.

މި ހަމަނުޖެހުންތަކުގެ ހަގީގީ ފެށުމަކީ 2019 ގެ ކުރިން އެ ގައުމުގައި ވެރިކަން ކުރި 'ޑިކްޓޭޓަރ', އުމަރު އަލް ބަޝީރު އުފެއްދި މިލިޓަރީ ގްރޫޕްތައް އެއްބަޔަކު އަނެއް ބަޔަކާއި ދެކޮޅަށް ނިކުތް ހިސާބެވެ. އަދި ބަޝީރުގެ ވެރިކަން ނިމުމަކަށް އައުމަށްފަހު އެ ގައުމުގައި ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް ކަމަށް ބުނެ ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އެޅުނީ މި ދެންނެވުނު މިލިޓަރީ ފެކްޝަންތަކުގެ ދެމެދުގައި ވެރިކަން ކުރުމަށް އުފެދިފައިވާ ވާދަވެރިކަމެވެ.

މިލިޓަރީ ވާދަވެރިކަން އުފެދުނީ ކިހިނެއް؟

އާރު. އެސް. އެފް. ނުވަތަ ޖަންދަވީދް އަކީ ބަޝީރުގެ ވެރިކަމުގައި ސޫދާނުގެ ދާފޫރް ގައި އުފެދުނު ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މީގެ 20 އަހަރު ކުރިން ބަޝީރު އުފެއްދި މިލިޓަރީ ގްރުޕެކެވެ. ދާފޫރުގެ ހަމަނުޖެހުންތަކަކީ ގައުމުގެ ސިޔާސީ އަދި އިގްތިޞާދީ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާ, އެ ގައުމުގެ އާންމު ރައްޔިތުން މައި ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަމަނުޖެހުން ތަކެކެވެ

ބަޝީރު ވަނީ 2013 ވަނަ އަހަރު ޖަންޖަވީދްގެ ލީޑަރަކަށް ހަމެޓީ ހަމޖެއްސުމަށްފަހު ދާފޫރުގެ ދެކުނު ބިތުގައި އުފެދިފައި އޮތް ހަމަނުޖެހުންތައް ރޫޅާލުމަށް އެމީހުން ފޮނުވާފައެވެ. އޭގެ ފަހުން ޔަމަނާއި ލީބިޔާ ހަނގުރާމައަށް ވެސް މި ގްރޫޕް ވަނީ ފޮނުވާފައެވެ

އެންމެފަހުން ހަމެޓީ މުގުލުގައި ހުރެ, ޖަންދަވީދުން ނިކުމެ 2019 ވަނަ އަހަރު ބަޝީރުގެ ވެރިކަން އަސްކަރީ ބަގާވާތަކުން ވައްޓާލިއެވެ. ގައުމަށް ހަމަޖެހުން ގެންނަންކަމަށް ބުނެ އެކި ޕާޓީތަކުން އެކުވެ ދެން ކުރަމުން ގެންދިޔަ ވެރިކަން ނިމުމަކަށް ގެނައުމަށް އަނެއްކާ ވެސް އަސްކަރީ ބަގާވާތެއް 2021 އޮކްޓޯބަރގައި ކުރިއެވެ.

ދެވަނަ ބަގާވާތަށް ފަހު ވެރިކަން ކުރަން އުފެއްދި ކައުންސިލްގެ ވެރިޔާއަކީ ސިފައިންގެ އިސް ކޮމާންޑަރ ބުރުހާންއެވެ. އޭނާގެ ޑެޕިއުޓީއަށް ހަމަޖެއްސީ އާރްއެސްއެފްގެ އިސް ކޮމާންޑަރ ހަމެޓީއެވެ. މިހާރު ހަމަލާ ބަދަލުކުރަމުން ދަނީ އެ ދެ ކޮމާންޑަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.

ސޫދާނަކީ ސަރަހައްދީގޮތުން ކިހާ މުހިންމު ގައުމެއް؟

'ގޯލްޑް މައިން' ތައް ގިނަ, ސޫދާނުގެ ގުދުރަތީ މުއްސަނދިކަމަކީ އެގައުމަށް ލިބޭ ފައިދާއަށް ވުރެން, ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމެކޭ ވެސް ބުނެވިދާނެއެވެ. އަދި މިކަމުގެ ސަބަބުން ގައުމުގައި ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ވެސް ދަނީ ހިޔަނި އެޅެމުންނެވެ. ސޫދާނުގެ އަވަށްޓެރި ގައުމުތައް ވެސް ހަމަ މި ހާލަތުގައެވެ. އެގޮތުން އިތިއޯޕިއާ އަދި ޗެޑް އަކީ ވެސް ސިޔާސީ ހަމަނުޖެހުން ބޮޑު ގައުމުތަކެވެ. އަދި މި ގައުމުތަކުގެ މެދުގައި ވެސް ދަނޑުބިންތަކުގެ ބޯޑަރުގެ މައްސަލައިގައި ސިޔާސީ ގުޅުންތައް ވަނީ ހީނަރުވެފައެވެ. އަދި މި ގައުމުތަކަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ދަހިވެތިކަމުގައި ރަޝިއާ, އެމެރިކާ, ސައުދީ އަރަބިއާ އަދި އެކުވެރި އަރަބި އިއްތިހާދު ވެސް ތިބެނީ އަބަދުމެ ބަލަބަލައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.