Advertisement

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު --

19 May 2023
ދުނިޔެ

ތޭރަ އަހަރަށްފަހު އަސަދު ސަޢޫދީއަށް ވަޑައިގެންފި

ޢަރަބި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ސަޢޫދީޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިއީ 2011 ވަނަ އަހަރު ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނުފަހު ބައްޝާރު ސަޢޫދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

އަސަދުގެ ސަރުކާރުން ސީރިއާގެ އާއްމުންނާއި ދެކޮލަށް ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން ސީރިއާ ޢަރަބި ލީގުން ބޭރުކުރުމަށްފަހު އަލުން ޢަރަބި ލީގުގައި ބައިވެރިކޮށްފައި ވަނީ މިއަހަރުގައެވެ. އަދި އަރަބި ލީގުގެ ސަމިޓްގައި ބައިވެރިވެވަައިގެންނެވުމަށް ސަޢޫދީއަށް ވަޑައިގެންނެވުމަށް ބައްޝާރަށް ދަޢުވަތު ފޮނުއްވީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒެވެ.

Advertisement

ބައްޝާރުލް އަސަދު އިއްޔެ ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންނެވުމުން، ކިންގް ޢަބުދުލްޢަޒީޒް އެއަރޕޯޓުން އޭނާއަށް މަރުޙަބާދެންނެވީ، މައްކާގެ ޑެޕިއުޓީ ގަވަރުނަރު ޢަމީދު ބަދުރް ބިން ސުލްޠާނެވެ.

ސީރިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޢަރަބި ލީގުގެ ސަމިޓްގެ ހަވާސާގައި، ސީރިއާގެ ރައީސް ބައްޝާރުލް އަސަދު، ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިިގައި އަސަދުގެ ސިފައިން ވަނީ އާއްމުންނާއި ދެކޮޅަށް ހަނގުރާމައި ޖަރީމާތަކާއި ޤަޠުލު އާއްމުތައް ހިންގާފައެވެ. އަދި ސީރިއާގެ ސިފައިންގެ ތެރެއިން ވަކިވެގަނެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަންފެށި މުޖާހިދުންނާއި ދެކޮޅަށްވެސް ސީރިއާ ސަރުކާރު ސިފައިންނާއި ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

12 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސީރިއާގެ އުތުުރުގެ މައި ސިޓީތައް ކަމުގައިވާ، އިދުލީބާ، ހަލަބް، ހާމާ އަދި ހޮމްސް ފަދަ ސިޓީތައް ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. އަދިވެސް ސީރިއާގެ އުތުރުގެ ސިޓީތަކުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުންދަނީ މުޖާހިދުންނާއި ހަނގުރާމަވެރި އެހެން ގުރޫޕްތަކުންނެވެ.

އިތުރު އާޓިކަލް
04 Oct 2023
ކުޅިވަރު
ލިވަޕޫލުން ޖެހި ގޯލު ގުނުމުގައި އޮޅުންއެރީ ހަމައެކަނި "ޗެކް ކޮމްޕްލީޓް" އޭ ވީއޭއާރު ބުނުމުން
މި ގޯލު ކަނޑައެޅުމުގައި މުއާމަލާތް ކުރުމުގެ މައްސަލަ ދިމާވިކަމަށް ސަމާލުކަމަށްއައީ މެޗުގެ ކުޅުން އަލުން ފަށާ 7 ސިކުންތު ފަހުން ކަމަށާއި، ނަމަވެސް މެޗު ކުރިއަށް ދިއުމަށްފަހު އިތުރަށް ކުޅުން ހުއްޓުމުގެ ބާރު ވީއޭއާރު ޓީމުގެ ޕްރޮޓޮކޯލް ބުނާ ގޮތުން ނޯންނާތީ އެކަން ނުކުރީމަކަށް އެ ރިޕޯޓުގައިވެއެވެ.
04 Oct 2023
ޚަބަރު
ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، ނިޒާމު އެގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާނަން: ރައީސް
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް، ޢަމަލީގޮތުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
04 Oct 2023
ޚަބަރު
ބީއެމްއެލްގެ ނަމުގައި ފޭކް މެސެޖެއް، ސަމާލުވޭ!
ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖްތަކެއް ފޮނުވަމުންދާތީ ކަސްޓަމަރުން ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ. މި މެސެޖުގައިވަނީ މެސެޖް ލިބޭ ފަރާތުގެ ބީއެމްއެލް އިންޓަރނެޓް ބޭންކިން އެކައުންޓުވަނީ ލޯންޑް ކުރެވިފައި ކަމަށާއި އިންޓަރނެޓް ބޭންކިންގެ މައުލޫމާތުތައް އަދާހަމަކުރުމަށެވެ. އަދި އެކަން ކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް އެދެއެވެ.
04 Oct 2023
ޚަބަރު
އެމްޑީޕީއާއި އަދާލަތު ޕާޓީގެ ތާއީދެއްވެސް ބަރުލަމާނީއަކަށް ނެތް!
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީންވެސް ނިންމައިފިއެވެ.  ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ.