Advertisement

އިންޑިއާގެ އޮޑިއްސާގައި ހިނގި ރޭލު އެކްސިޑެންޓް

04 Jun 2023
ދުނިޔެ
ޢަލީ ސުލައިމާން

އޮޑިއްސާގައި ރޭލު އެކްސިޑެންޓް ހިނގަން ދިމާވީ ސިގްނަލް ސިސްޓަމްގެ މައްސަލައަކުންކަމަށް ބުނެފި

288 މީހުން މަރުވެ 900 އަށްވުރެ ގިނަ މީހުން މަރުވި ރޭލު އެކްސިޑެންޓް ހިނގަން ދިމާވީ ސިގްނަލް ސިސްޓަމްގެ މައްސަލައަކުންކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރެއިލްވޭ ސިސްޓަމްގައި ސަލާމަތަށް ބޭނުން ކުރާ، ސިގްނަލް ސިސްޓަމަކީ 20 އަހަރުވެފައިވާ ސިސްޓަމެކެވެ. 

އިންޑިއާ ސަރުކާރުގެ އޮފިޝަލަކު މިހެން ވިދާޅުވި ނަމަވެސް، އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓްގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ނުރައްކާތެރި ރޭލް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މުޅިން ސާފެއް ނުވެއެވެ.

ރޭލްވޭގެ އިސް އޮފިޝަލެއް ކަމަށްވާ ޖަޔާ ވަރްމާ ސިންހާ އާދީއްތަ ދުވަހު ވިދާޅުވީ، ބާރު ސްޕީޑްގެ ކޮރޮމަންޑެލް އެކްސްޕްރެސް އަށް މައި ޓްރެކްގައި ދުވަން ސިގްނަލް ދިން ކަން ތަހުގީގަށް އެނގުނު ކަމަށާއި ނަމަވެސް ފަހުން އެކަން ބަދަލުވެ، އޭގެ ބަދަލުގައި ރޭލު ޖެހިގެން ހުރި ލޫޕް ލައިނަކަށް ވަދެ، ދަގަނޑު ބަރުކޮށްފައި އޮތް މުދާ އުފުލާ ރޭލެއްގައި ޖެހި އެކްސިޑެންޓް ހިނގީކަމަށެވެ. މިއެކްސިޑެންޓް ހިނގީ 3 ރޭލެއް ޖެހިގެންނެވެ. މިގޮތުން ކޮރޮމަންޑަލް އެކްސްޕްރެސްގެ ރޭލު ޖެހުނީ، ޕާކުކޮށްފައި އޮތް މުދާ އުފުލާ ރޭލެއްގައެވެ. އެ ރޭލު އެކްސިޑެންޓްވެ ކޮމްޕާޓްމަންޓްތައް ވެއްޓުނީ، އަނެއް ރޭލް ޓްރެކް މައްޗަށެވެ. އިދިކޮޅުން އައި ޔަޝްވަންތުޕޫރު-ހާވަރާ ސުޕަފާސްޓް އެކްސްޕްރެސްގެ ރޭލު ޖެހުނީ، އެކްސިޑެންޓްވި އަނެއް ރޭލުގެ ކޮމްޕާޓްމަންޓްތަކުގައެވެ.

އެކްސިޑެންޓް ހިނގި އިރު، ޕެސެންޖަރ ރޭލުތަކުގައި 2296 މީހުން ތިއްބެވެ. އެހެން ނަމަވެސް އެކްސިޑެންތް ހިނގި އިރު އެރޭލުތައް ދުއްވަމުން ދިޔައީ ބާރު ސްޕީޑްގައެއް ނޫނެވެ. 

މިހާދިސާ ތަހްޤީޤުކޮށް އިޙްމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.