Advertisement

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ---

09 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން ހައްޔަރުކޮށްފި

ޕާކިސްތާނުގެ ފުލުހުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން ހައްޔަރުކޮށްފިއެވެ.

އިމްރާންޚާން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތަށް ކޯޓަށް ހާޟިރު ކުރުމުން، މިއަދު މެންދުރުފަހުއެވެ.

ޕެރަމިލިޓަރީ ފުލުހުން އިމްރާންޚާން ހައްޔަރުކޮށްގެން ގެންދާ މަންޒަރުފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު، އެވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން އިމްރާން ޚާން ވަށާލައިގެން ތިބެއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނެފައި ވަނީ، އިމްރާންޚާން ހައްޔަރުކުރީ އެމަނިކުފާނާއި ދެކޮޅަށް ތަޙްޤީޤު ކުރަމުންދާ ކޮރަޕްޝަނުގެ މައްސަލައެއްގައި ކަމަށެވެ. އެހެން ނަމަވެސް އިމްރާން ޚާންވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.

ފުލުހުން އިމްރާންޚާން ހައްޔަރުކޮށްގެން ގެންދިޔަ ތަނެއް ޕާކިސްތާނު ފުލުހުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އިމްރާން ޚާން ހައްޔަރު ކުރުމާއި ގުޅިގެން ޕާކިސްތާނުގެ ފުލުހުންނާއި، އާއްމުންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.