Advertisement

ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަަމަދު އަލްޘާނީ --

20 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ޢަރަބި ސަމިޓްގައި ބައްޝާރު ވާހަކަފުޅުދައްކަވަން ފެއްޓެވުމުން ޤަޠަރުގެ އަމީރު ސަމިޓް ދޫކުރައްވައި ނުކުންނަވައިފި

ޢަރަބި ސަމިޓްގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވާހަކަފުޅުދައްކަވަން ފެއްޓެވުމުން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ސަމިޓް ދޫކުރައްވައި ނުކުންނަވައިފިއެވެ.

ޤަތަރުގެ ވަފުދާއިއެކު ޤަތަރުގެ އަމީރު ސަމިޓްދޫކުރައްވައި ނުކުންނެވިކަން ޤަތަރުގެ ރަސްމީ ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޤަތަރުގެ ރަސްމީ ބަޔާނުގައި ބުނެފައި ވަނީ، ޤަޠަރުގެ އަމީރާއި ވަފުދުގެ ބޭފުޅުން ޖިއްދާ ދޫކުރައްވައި ވަޑައިގެންނެވީ، ސަޢޫދީ ރަސްގެފާނާއި ސަޢޫދީ ވަލީއަހުދަށް މެސެޖެއް ދެއްވާފައި ކަމަށެވެ. އެމެސެޖުގައި ވިދާޅުވެފައި ވަނީ،  ޢަރަބިންގެ ލާބައާއި މަންފާއަށްޓަކައި ޢަރަބިން ގުޅިގެން އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް އުއްމީދުކުރައްވާ ކަަމަށެވެ.

ޢަރަބި ލީގުގެ ސަމިޓްގައި، ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލްޘާނީ ވާހަކަފުޅު ދައްކަވާފައެއްވެސް ނުވެއެވެ.

މިއަހަރަކީ 2010 ވަނަ އަހަރުގެ ފަހުން ސީރިއާގެ ރައީސް ބައްޝާރުލްއަސަދު ޢަރަބި ލީގުގެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ބައްޝާރުލް އަސަދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވުމުން، ސަޢޫދީ ވަލީ އަޙުދު މުހައްމަދު ބިން ސަލްމާން ވަނީ، އަސަދާއި ބައްދަލުކުރައްވައި ސަޢޫދީ ސަރުކާރުގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޢަރަބި ބަހާރުގެ ތެރޭގައި ސީރިއާގެ ރައްޔިތުން ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާތައް ފެށީ، ސީރިއާގެ ދާރާގައި ފުރާވަރުގެ ސްކޫލް ދަރިވަރުން ތަކެއް ބައްޝާރާއި ދެކޮޅަށް ސްކޫލުގެ ފާރުގައި ކުރެހި ގްރެފިޓީއެއްގެ މައްސަލައިގައި އެކުދިން ހައްޔަރުކޮށް ޖަލަށްލައި ޖަލުގައި އަނިޔާކޮށް އޭގެ ތެރެއިން ދެކުއްޖަކު މަރާލުމާއި ގުޅިގެންނެވެ.

2011 ވަނަ އަހަރު ސީރިއާގެ ދާރާއިން ފެށުނު މުޒާހަރާތައް މުޅި ސީރިއާއަށް ފެތުރު ދިމިޝްޤުގެ މަގުތައް ހަލަބޮލިވެގެން ދިޔުމުން މުޒާހަރާތައް ހުއްޓުވުމަށް އަސަދުގެ ސިފައިން އާއްމުންގެ ތެރެއަށް ބަޑިޖަހައި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރަމުން ދިޔުމާއެކު، ސީރިއާގެ ސިފައިންގެ ތެރެއިން ބަޔަކު، މުޖާހިދުންގެ ގޮތުގައި ސީރިއާ ސަރުކާރާއި ދެކޮޅަށް ނުކުމެ ހަނގުރާމަ ފެށިއެވެ. ފަހުން ސީރިއާގައި ހިނގަމުންދިޔަ ހަނގުރާމައިގެ ތެރެއަށް ކުރުދީންނާއި، އައިއެސްއިންވެސް ވަދެގަތެވެ.

އަސަދުގެ ސިފައިންވަނީ ސީރިއާގެ އާއްމުންނާއި ދެކޮޅަށް ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިނގާފައެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައަށް 12 އަހަރުވިއިރުވެސް އަދިވެސް އަސަދުގެ ސިފައިންނަށް މުޅި ސީރިއާގެ ކޮންޓްރޯލެއް ނުލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.