Advertisement

ޕާކިސްތާނު ފުލުހުން --

19 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ލާހޯރުގައި ހަމަނުޖެހުންތައް ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވެއްޖެ

ޕާކިސްތާނުގެ ކުރީގެ އިމްރާން ޚާންގެ ގެ ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ހާމަކުރުމާއިއެކު ލާހޯރުގައި ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.

މުރާސިލުން ހާމަކުރާ ގޮތުގައި ނިއުކުލިއަރ ބާރެއްގެ ގޮތުގައި އޮތް ޕާކިސްތާނުގައި އިތުރަށް ހަމަނުޖެހުންތައް ބޮޑުވެގެން ހިނގައިދާނެ ކަމުގައި ވަނީ ބެލެވިފައެވެ.

ޕަންޖާބު ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު އާމިރު މީރު ހުކުރު ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ ޕްރޮވިންސްގެ ވެރިރަށް ލާހޯރުގެ ޒަމާން ޕާކް ސަރަހައްދުގައި ހުންނަ އިމްރާންޚާން ދިރިއުޅުއްވާ ގެކޮޅު ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. 

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާންޚާންގެ ގެކޮޅު ރެއިޑްކުރުމަށްޓަކައި މިއަދު މެންދުރު ޕަންޖާބުގެ ހަތަރު ފުުލުހަކު އެގެކޮޅަށް ދިޔައެވެ.

އާމިރު މީރު ވިދާޅުވީ، ޚާންގެ ގެކޮޅުގައި 40 ޓެރަރިސްޓުން ފިލާ ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހުން ފުލުހުންނާއި ހަވާލު ކުރުމަށް، 24 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. 

ޚާން ކޯޓަށް ހާޟިރުވުމުން ޕާކިސްތާނުގެ ފުލުހުން އޭނާ ހައްޔަރުކުރުމާއި ގުޅިގެން ލާހޯރުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. މިގޮތުން ޚާންގެ ސަޕޯޓަރުން ވަނީ ޕާކިސްތާނު ސިފައިންގެ ފުލުހުންނާއި ސިފައިންގެ އަސްކަރީ މަރުކަޒުތަކަށް ވަދެ ހަމަލާތައްދީފައެވެ.

އެހަމަލާތަކާއި ގުޅިގެން ހޯދަމުންދާ މީހުން އިމްރާންޚާން ގެ ގެކޮޅުގައި ފިލައި ތިބިކަމަށް ޕާކިސްތާނު ފުލުހުންކުރާ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.