Advertisement

ރާޚިން ސްޓޭޓްގެ ހާލަތު ---

20 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ތޫފާނުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 145އަށް އަރައިފި

މިނިމުނު ހަފްތާގައި ބަންގްލަދޭޝް އަށާއި، މިޔަންމާއަށް އެރި، ތޫފާން މޯޗާގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 145އަށް އަރައިފިއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޠޫފާނުގައި ރާކިން ސްޓޭޓް ސަރަހައްދަށް ގަޑިއަކު 130 މޭލު ބާރުމިނުގައި ވަނީ ވައިޖެހިފައެވެ. އަދި ގަދަ ވައިގެ ސަބަބުން ގެތަކުގެ ފުރާޅުތަކާއި ފާރުތައް ވެއްޓިފައިވާއިރު މުވާޞަލާތީ ޓަވަރުތަކާއި، ބުރިޖްތައްވެސް ވަނީ ވެއްޓިފައެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 145 މީހުން މަރުވެފައި ވާކަމަށާއި، އޭގެ ތެރެއިން 91 މީހުންނަކީ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ދިޔަ މީހުންކަަމަށެވެ.

ރާޚިން ސްޓޭޓަކީ 6 ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ. އެއީ މިޔަންމާގެ ރަށްވެހީންކަމުގައި ބަލައިގަތުމަށް މިޔަންމާއިން ދެކޮޅު ހަދާފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އެތައް ލައްކަ ބަޔަކުވެސް ދިރިއުޅެމުން އަންނަ ސްޓޭޓެވެ. 

ތޫފާން މޯޗާ އާއި ގުޅިގެން، އދ އިން ބުނެފައި ވަނީ މަދުވެގެން 800،000 މީހުންނަށް ކުއްލަި އިމަރޖެންސީ އެހީގެ ގޮތުގައި ކާނާ އާއި ބޯފެން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.