Advertisement

ސޫދާނުގެ އާއްމުން ހަނގުރާމައިން ސަލާމަތްވުމަށް ދަތުރު ކުރަނީ --- ފޮޓޯ: އަލްޖަޒީރާ

27 Apr 2023
ދުނިޔެ
ޢަލީ ސުލައިމާން

ހަނގުރާމައިން ސަލާމަތްވުމަށް އާއްމުން ރަތްކަނޑުގެ އައްސޭރިއަށް ޖަމާވަނީ

ސޫދާނު ހަނގުރާމައިން ސަލާމަތްވުމަށް ސޫދާނުގެ ޢާއިލާތަކުން މިސްރަށް ވަނުމަށް ރަތްކަނޑުގެ ބަނދަރުސިޓީއެއްގައިވާ ބޯޑަރ ކްރޮސިންގއަށް ޖަމާވާންފަށައިފިއެވެ.

ބޯޑަރު ހުރަސްކޮށް މިޞްރަށް ވަނުމަށް ބޭނުންވާ މީހުންގެ އަދަދު ގިނަވެ، އެތައް ސަތޭކަ ބަޔަކު ވަނީ ކެއިން ބުއިމާއި ޞަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތި ދިގު ކިއޫތަކުގައި މަޑުކުރަން ޖެހިފައެވެ. 

ވެރިރަށް ޚާތޫމްގައި ގަދައަށް ހަމަލާ ބަދަލުކުރުންތައް ކުރިޔަށް ދިޔުމަށްފަހު އިއްޔެ ވަނީ ކޮންމެވެސް މިންވަރަކަށް ހަމަލާ ބަދަލުކުރުންތައް މަޑުޖައްސާލާފައެވެ. ހަނގުރާމައިގެ ސަބަބުން ވެރިރަށުން އެތައް ހާސް ބަޔަކު ނުކުންނަމުންދާއިރު، ޚާތޫމްގެ ހާލަތު ގޯސް ކަމަށާއި، ކާނާ އާއި ބޯފެނަށް އެސިޓީ ޖެހިއްޖެ ކަމުގައިވެސް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން ޚާތޫމްއިން ބޭރަށް ކުރާ ބަސް ދަތުރުތަކާއި ޓެކްސީ ދަތުރުތަކުގެ އަގުވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ، ސޫދާން ހަނގުރާމަ ފުޅާވެ ސަރަހައްދުގެ ޤައުމުތަކަށްވެސް ނުރައްކާވެދާނެ ކަމުގެ އިންޒާރު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.