Advertisement

ޕެންޓަގަން ކައިރީ އެއްޗެއް ގޮއްވާލާފައިވާ ކަމަށް ބުނެ ފެތުރި، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ފޮޓޯ --

23 May 2023
ދުނިޔެ
ޢަލީ ސުލައިމާން

އެމެރިކާގެ ދިފާޢީ މަރުކަޒުގެ ކައިރީގައި އެއްޗެއް ގޮވާ މަންޒަރު ފެންނަ ފޭކު ފޮޓޯއެއް ވައިރަލްވެ އެތައް ބަޔަކަށާއި މީޑިއާއަށް އޮޅުންތައް އަރައިފި

އެމެރިކާގެ ދިފާޢީ މައިމަރުކަޒު، ޕެންޓަގަންގެ ކައިރީގައި އެއްޗެއް ގޮއްވާލާ މަންޒަރު ފެންނަގޮތަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ފޭކު ފޮޓޯއެއް ވައިރަލްވެ ބައެއް މީހުންނާއި މީޑިއާތަކަށްވެސް ލަނޑުލިބިއްޖެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ މި ފޮޓޯގައި ފެންނަނީ ހަޤީޤަތެއްކަމުގައި ހީކޮށް ދުނިޔޭގެ ނަން މަޝްހޫރު ބައެއް ފަަރާތްތަކުގެ ވެރިފައިޑް އެކައުންޓްތަކުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެފޮޓޯ ފަތުރާފައެވެ. އަދި އިންޑިއާ އާއި ބައެއް އެހެން ޤައުމުތަކުގެ އޮންލައިން ނޫސްތަކާއި ޓީވީތަކުންވެސް އެޚަބަރު ފެތުރިއެވެ. މީޑިއާތަކަށްވެސް އޮޅުން އެރީ ވެރިފައިޑް އެކައުންޓްތަކުން އެ ފޮޓޯ ފަތުރަންފެށުމުންނެވެ.

އެކަމަކު އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ކޮށްފައިވާ ކަމެއްކަން ފަހުން ހާމަވުމާއިއެކު ކަމާއި ބެހޭ ފަރާތްތަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ އެ ފޮޓޯއަކީ ފޭކް ފޮޓޯއެއްކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެފޭކް ފޮޓޯގެ ސަބަބުން އެމެރިކާގެ ޙިއްސާގެ ބާޒާރަށްވެސް ކޮންވެސް މިންވަރަކަށް އަސަރުކުރިކަމުގައިވެސް ސީއެންއެންއިން ރިޕޯޓްކޮށްފައިވެއެވެ.

އާޓިފިޝަލް އިންޓަލިޖެންސްގެ ނަހަމަ ބޭނުންހިފައިގެން ހިންގާ އޮންލައިން ކުށްތައް އިތުރުވަމުން އަންނައިރު، އާޓިފިޝަލް އިންޓަލިޖެންސްގެ މުއާމަލާތްތައް ރެގިއުލޭޓްކުރުމަށްވެސް ތަޖުރިބާކާރުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.