Advertisement

މިހާރު ބަންގްލަދޭޝްއާ މިޔަންމާއަށް އަރާފައިވާ ޠޫފާން މޯޗާގައި ބޯކޮށް ވާރޭ ވެހެނީ ---

14 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ތޫފާން މޯޗާގައި ބަންގުލަދޭޝް އިން 3 މީހުންމަރުވެއްޖެ

ތޫފާން މޯޗާގައި، ބަންގްލަދޭޝްއިން 3 މީހުން މަރުވެއްޖެއެވެ.

މިހާރު ބަންގްލަދޭޝް އާއި މިޔަންމާއަށް އަރާފައިވާ މިޠޫފާންގައި މިޔަންމާއިންވެސް ދެމީހަކު ވަނީ މަރުވެފައިވާ ކަމުގައި މިޔަންމާގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެެވެ.

މި ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ސަރަހައްދުތަުގެ ތެރޭގައި ބަންގުލަދޭޝްގައި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ. ބާރުވައިގެ ސަބަބުން ގަސްތަކާއި ރުއްތައް ވެއްޓިފައިވާއިރު ބޯވާރެޔާއެކު އަވަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. ރޮހިންޔާގެ ރެފިއުޖީން ބަންގްލަދޭޝްގައި ދިރިއުޅޭ ކޮކްސް ބާޒާރު ސަރަހައްދަކީ، މިޔަންމާއާ ގާތުގައިވާ ބިންތިރި އައްސޭރިފަށުގެ ސަރަހައްދެކެވެ.

ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ތޫފާނުގައި ގަޑިއަކު 195 ކިލޯމީޓަރު (120 މޭލު) ބާރު މިނުގައި ދަނީ ވައިޖެހެމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.