Advertisement

ސަޢޫދީއަރަބިއްޔާގައި މަރުގެ ޙުކުމް ތަންފީޒް ކުރުން ---

16 May 2023
ދުނިޔެ
ޢަލީ ސުލައިމާން

އިންޑިއާގެ 5 މަސައްކަތު މީހުން ދިރިތިއްބައި ވަޅުގައި މަރާލި ސަޢޫދީގެ 3 މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒްކޮށްފި

ސަޢޫދީއަރަބިއްޔާގައި މަސަައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ ފަސްމީހަކު ދިރިތިއްބައި ވަޅުލައި މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ 3 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ތަންފީޒްކޮށްފިއެވެ.

އެމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒް ކުރެވުނު ތިން މީހުންނަކީ، ޖާސިމް ބިން ޖައްސިމް ބިން ޙަސަން އަލް މުޠަވާ ނަމަކަށް ކިޔާ މީހަކާ، އައްމާރު ބިން ޔޫސުފް ބިން ޢަލީ އަލްދާހިމް ކިޔާ މީހަކާ، މުރުތަޟާ ބިން ހާޝިމް ބިން މުޙައްމަދު އަލް މުސާވީ ނަމަކަށް ކިޔާމީހެވެ.

އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކުރީ، މީގެ 13 އަހަރު ކުރިން އެ ތިން މީހުންވެގެން އިންޑިއާގެ 5 ލޭބަރުން ދިރިތިއްބައި ވަޅުލައި މަރާލިކަން އެމީހުންގެ މައްޗަށް ސާބިތުވެގެން މަރަށް މަރު ހިފުމަށް ޙުކުމްކޮށްފައިވާތީއެވެ. އިންޑިއާގެ ފަސްމީހުން ދިރިތިއްބައި ވަޅުލައި މަރާލާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޤާތިފް އާއި ކައިރީގައިވާ، ސަފްވާގެ ދަނޑުބިމެއްގެ ތެރޭގައެވެ. މިއަމަލު އެމީހުން ހިންގާފައި ވަނީ 2010 ވަނަ އަހަރުގައެވެ.

އެދަނޑުބިމުގެ ތެރޭގައި އެމީހުން ވަޅުލައި މަރާލާފައިވާ ކަން އެނގުނީ 2014 ވަނަ އަހަރު އެދނަޑުބިން ކުއްޔަށް ހިފި ޢަލީ ހަބީބީ ނަމަކަށް ކިޔާ މީހަކަށް އެދަނޑުބިމުގެ ތެރެއިން އިންސާނުންގެ ކަށިތަކެއް ފެނުމުންނެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ އޭނާ ހީކުރީ އެއީ ޖަނަވާރުންގެ ކަށިތަކެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އިންސާނުންގެ ކަށިތަކެއް ކަން އެނގުމާއި އެކު އޭނާ ސަޢޫދީ ޢަރަބިއްޔާގެ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރީއެވެ.

ފެނުނު ފަސްމީހުންގެ ކަށިތައް ފުލުހުން ތަހުލީލު ކުރުމުން އެނގުނީ އެމީހުން ވަޅުލާފައި ވަނީ އަތްފައިބަނދެ އަދި އަނގަޔަށް ފޮތި ގަންނަަވައި، ޓޭޕްވެސް އަޅާފައި ކަމެވެ. އެހެންވެ އެއީ ބަޔަކު ގަސްދުގައި ދިރިތިއްބައި ވަޅުލައި މަރާލާފައިވާ ބައެއްކަން އޮޅުމެއް ނެތްވަރަށް ސާބިތުވާން އޮތުމާއި އެކު ޤާތިލުން ހޯދުމަށް ސަޢޫދީ ފުލުހުން ތަޙްޤީޤުތައް ފެށިއެވެ.

ދަނޑުބިމަކުން ފެނުނު ވަޅުލައި މަރާލާފައިވާ އިންޑިއާގެ 5 މީހުންގެ ކަށިތައް --

އެމައްސަަލައިގެ ތަޙްޤީޤަށް އެންގުނު ގޮތުގައި އިންޑިއާގެ 5 މީހުން މަރާލުމުގެ ފަހަތުގައި ތިބީ ފަދުވިލާ ސަލީމް ނަމަކަށް ކިޔާ މީހަކާ އޭނާގެ ރަޙުމަތްތެރިއެކެވެ. އިންޑިއާގެ 5 މަސައްކަތު މީހުން މަރާލާފައި ވަނީ އޭގެ ތެރެއިން މީހަކު، އޭނާގެ ސްޕޮންސަރ ގެ އަންހެންދަރިއަކަށާއި އަދި އެހެން އަންހެނުންތަކަށް ޖިންސީ ފުރައްސާރަކުރުމުންނެވެ. އެހެންވެ އެކަމުގެ އަދަބެއްގެ ގޮތުން އެމީހުން އިންޑިއާގެ ފަސް މަސައްކަތްތެރިން އެއްކޮށް ދިރިތިއްބައި ވަޅުލައި މަރާލީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.