Advertisement

ރަން ނަގާ މައިނެއްގެ އެތެރެ ---

19 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ޗައިނާގެ ޒިލިންގ ގޯލްޑް މައިންގައި 580ޓަނުގެ ރަން ހުރިކަމަށް ބުނެފި

ޗައިނާގެ ޒިލިންގ ގޯލްޑް މައިންގައި 580ޓަނުގެ ރަން ހުންނާނެކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ޗައިނާގައި ރަންނަގާ ޒިލިންގ ގޯލްޑްމައިން ހުންނަނީ، އިރުމަތީ ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ލައިޒޫގައެވެ. މިރަންވަޅުގައި 580 ޓަނުގެ ރަން ހުންނާނެ ކަމަށް މިހާރު އަންދާޒާ ކުރެވިފައިވާ އިރު، މިއީ ޗައިނާގެ އެންމެ ބޮޑު ރަންވަޅަށް ވާނެ ކަމަށް ވަނީ ޔަޤީން ކުރެވިފައެވެ.

ޝަންޑޮންގް ޕްރޮވިންސްގެ ނެޗުރަލް ރިސޯސް ޑިޕާޓްމަންޓުން ދާދި ފަހުންބުނެފައި ވަނީ އެ މައިންގެ ތެރެއިން އިތުރު 200 ޓަނުގެ ރަނުގެ ރިޒާވެއް ފެނިފައިވާ ކަމަށާއި އެރަންވަޅުގައި ހުރި ރަނުގެ އަދަދު ޖުމުލަ 580 ޓަނަށް އަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެއީ ޗައިނާގެ ފައިސާއިން ބަލާނަމަ 200 ބިލިއަން ޔުއާންއެެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާއިން 84.97 ޓަނުގެ ރަން ނަގާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.88 އިންސައްތަ އިތުރުވުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.