Advertisement

ނައިޖީރިއާ ފުލުހުން --

21 May 2023
ދުނިޔެ

އެމެރިކާ އެމްބަސީގެ މުވައްޒަފުން ދަތުރުކުރި ޤާފިލާއަކަށް ހަމަލާދީ 4 މީހުން މަރާލައި، އިތުރު 3 މީހުން ވަގަށް ނަގައިފި

ނައިޖީރިއާގައި ހުންނަ އެމެރިކާގެ އެމްބަސީގެ މުވައްޒަފުން ދަތުރުކުރި ޤާފިލާއަކަށް ދިން ހަމަލާގައި 4 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އެމްބަސީގެ ދެ މުވައްޒަފަކާއި ދެ ފުލުހުންނެވެ.

މީގެ އިތުރުން ހަމަލާދިން މީހުން އިތުރު 3 މީހަކު ވަގަށް ނަގައިގެން ގެންގޮސްފައިވާކަމަށްވެސް ނައިޖީރިއާގެ ފުލުހުން ވަނީ ބުނެފައެވެ. މިހާދިސާ ހިނގާފައި ވަނީ ނައިޖީރިއާގެ އަނަމްބަރާ ސްޓޭޓްގައެވެ.

Advertisement

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެމެރިކާގެ މިޝަން އާއި ނައިޖީރިއާގެ ސަފީރުން މަސައްކަތް ކުރަމުން ދަނީ ވަގަށް ނަގާފައިވާ މީހުން ތިބި ތަނާއި ހާލަތު ދެނެގަތުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގާފިލާގައި ޖުމްލަ ނުވަ ނައިޖީރިއާ މީހުން ތިއްބެވެ.

އެ ގާފިލާގައި ތިބީ ނައިޖީރިއާގައި ހުންނަ އެމެރިކާ މިޝަންގެ ފަސް މުވައްޒަފަކާއި ނައިޖީރިއާ ޕޮލިސް ފޯސްގެ ހަތަރު މެމްބަރުންނެވެ. ބްލިންކެން ވިދާޅުވި ގޮތުގައި އެ މީހުން ދަތުރު ކުރަމުން ދިޔައީ އަނަމްބްރާ ސްޓޭޓުގައި އެމެރިކާގެ އެހީގައި ކުރިއަށް ގެންދާ ފްލަޑް ރެސްޕޮންސް ޕްރޮޖެކްޓަކަށް އެމެރިކަން މިޝަންގެ މީހުން ކުރަން ރާވާފައިވާ ދަތުރެއްގެ ކުރިން އެޑްވާންސް ޓީމުގެ ގޮތުގައެވެ.

މިހަމަލާ ދީފައިވަނީ، ނައިޖީރިއާ ސަރުކާރުގެ ދަށުން ވަކިވެގަނެ އަމިއްލަ މިނިވަން ޤައުމެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ އިންޑިޖީނަސް ޕީޕަލް އޮފް ބިއަފްރާއަށް ނިސްބަތްވާ ހަނގުރާމަވެރިންކަމުގައި ނައިޖީރިއާގެ ފުލުހުން ތުހުމަތުކޮށްފައިވެއެވެ.އެހެންނަމަވެސް އެޖަމާޢަތުން އެކަން ދޮގު ކުރެއެވެ.

އިތުރު އާޓިކަލް
04 Oct 2023
ކުޅިވަރު
ލިވަޕޫލުން ޖެހި ގޯލު ގުނުމުގައި އޮޅުންއެރީ ހަމައެކަނި "ޗެކް ކޮމްޕްލީޓް" އޭ ވީއޭއާރު ބުނުމުން
މި ގޯލު ކަނޑައެޅުމުގައި މުއާމަލާތް ކުރުމުގެ މައްސަލަ ދިމާވިކަމަށް ސަމާލުކަމަށްއައީ މެޗުގެ ކުޅުން އަލުން ފަށާ 7 ސިކުންތު ފަހުން ކަމަށާއި، ނަމަވެސް މެޗު ކުރިއަށް ދިއުމަށްފަހު އިތުރަށް ކުޅުން ހުއްޓުމުގެ ބާރު ވީއޭއާރު ޓީމުގެ ޕްރޮޓޮކޯލް ބުނާ ގޮތުން ނޯންނާތީ އެކަން ނުކުރީމަކަށް އެ ރިޕޯޓުގައިވެއެވެ.
04 Oct 2023
ޚަބަރު
ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، ނިޒާމު އެގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާނަން: ރައީސް
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް، ޢަމަލީގޮތުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
04 Oct 2023
ޚަބަރު
ބީއެމްއެލްގެ ނަމުގައި ފޭކް މެސެޖެއް، ސަމާލުވޭ!
ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖްތަކެއް ފޮނުވަމުންދާތީ ކަސްޓަމަރުން ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ. މި މެސެޖުގައިވަނީ މެސެޖް ލިބޭ ފަރާތުގެ ބީއެމްއެލް އިންޓަރނެޓް ބޭންކިން އެކައުންޓުވަނީ ލޯންޑް ކުރެވިފައި ކަމަށާއި އިންޓަރނެޓް ބޭންކިންގެ މައުލޫމާތުތައް އަދާހަމަކުރުމަށެވެ. އަދި އެކަން ކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް އެދެއެވެ.
04 Oct 2023
ޚަބަރު
އެމްޑީޕީއާއި އަދާލަތު ޕާޓީގެ ތާއީދެއްވެސް ބަރުލަމާނީއަކަށް ނެތް!
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީންވެސް ނިންމައިފިއެވެ.  ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އެމްޑީޕީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ރޫހުވެސް ހުރީ ރިޔާސީ ނިޒާމު ދަމަހައްޓައި، ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނުމަށެވެ.