Advertisement

ޖެކޮބް އޭނާގެ މަތިންދާބޯޓު ދޫކޮށްލައި ފުންމާލަނީ --

13 May 2023
ދުނިޔެ
ޢަލީ ސުލައިމާން

ވައިގެތެރެއަށް މަތިންދާބޯޓު ދޫކޮށްލާފައި ފުންމާލި ޔޫޓިއުބަރަކަށް 20 އަހަރުގެ ޖަލުހުކުމެއް

އަމިއްލަ މަތިންދާ ބޯޓު، ގަސްދުގައި ވައްޓާލުމަށް މީހަކު ނެތި އެބޯޓު ވައިގެތެރެއަށް ދޫކޮށްލާފައި ފުންމާލި ޔޫޓިއުބަރަކަށް 20 އަހަރުގެ ޖަލުހުކުމަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

އެމެރިކާގެ ޔޫޓިއުބަރެއް ކަމަށްވާ ޓްރެވާ ޑެނިއަލް ޖެކޮބް، (29އ) މަސައްކަތްކޮށްފައި ވަނީ، އޭނާ ދަތުރުކުރި މަތިންދާބޯޓު އިންޖީނަށް މައްސަލަދިމާވެގެން ވެއްޓުނީކަން ދެއްކުމަށެވެ. އެހެން ނަމަވެސް އެއީ ހާދިސާއެއް ނޫންކަމާއި، ދުރާލާ ރާވައިގެން ކުރިކަމެއް ކަމަށް މިހާރު އޭނާ ވަނީ ޢިއުތިރާފްވެފައިވާކަމުގައި، އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. އަދި ޖެކޮބް އޭނާގެ މައްޗަށް ކުރާ ދަޢުވާތަކަށް އިޢުތިރާފްވެފައި ވާތީ އޭނާއަށް ޖުމުލަ 20 އަހަރުގެ ޖަލު ޙުކުމަކާއި ކުރިމަތިލާންޖެހޭނެ ކަމުގައި، އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.

ނޮވެމްބަރު 24، 2021 ގައި ޖެކޮބް އޭނާގެ އަމިއްލަ މަތިންދާބޯޓުގައި ލޮމްޕޮކް ސިޓީ އެއާޕޯޓުން ފުރީ މަމޮތު ލޭކްސްއަށް ދަތުރުކުރާކަމަށް ބުނެއެވެ. އެއް އިންޖީނު އެޅި އެ ކުޑަ ފްލައިޓްގައި، ޖެކޮބް ހުރީ ކެމެރާތައްވެސް ހަރުކޮށްފައެވެ. 

ޖެކޮބް އޭނާގެ އަމިއްލަ މަތިންދާބޯޓުގައި ލޮމްޕޮކް ސިޓީ އެއާޕޯޓުން ފުރިތާ ގާތްގަނޑަކަށް 35 މިނެޓު ފަހުން، ލޮސް ޕެޑްރެސް ނޭޝަނަލް ފޮރެސްޓްގެ މަތިން ޖެކޮބް ވަނީ މަތިންދާބޯޓު ދޫކޮށްލައި ފުންމާލާފައެވެ. އަދި އޭނާ ވައިކުޑައިގައި ފައިބާ މަންޒަރުތައް އަމިއްލައަށް ވީޑިއޯ ކުރުމުގެ އިތުރުން އޭނާ ވަނީ، ފްލައިޓް މީހަކު ނެތި ދަތުރުކޮށް ވެއްޓޭ މަންޒަރުވެސް ވީޑިއޯކޮށްފައެވެ. އަދި އެވީޑިއޯތައް އޭނާގެ ޔޫޓިއުބް ޗެނަލްގައި މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެވީޑިއޯ އޭނާ ޓައިޓްލްކޮށްފައި ވަނީ، އޭނާގެ މަތިންދާ ބޯޓު ވެއްޓުނީ ކަމަށެވެ.

މަތިންދާބޯޓު ވެއްޓުނު ކަން ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑް (އެންޓީއެސްބީ) އަށް ޖެކޮބް އެންގީ ނޮވެމްބަރު 26، 2021 ގަ އެވެ. ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގަށް ޖެކޮބްއަށް ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑް ބޯޓުގެ ބައިތައް ހޯދުމަށެވެ. އެހެން ނަމަވެސް ބޯޓު ވެއްޓު ލޮކޭޝަން ނޭނގޭކަމަށް ބުނެ އޭނާ ވަނީ، ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑް (އެންޓީއެސްބީ)އަށް ދޮގު މައުލޫމާތު ދީފައެވެ. އަދި ފަހުން އޭނާވަނީ އިިތުރު ރަހްމަތްތެރިއެއްގެ އެހީގެ ހެލިކޮޕްޓަރެއްގައި ބޯޓު ވެއްޓުނު ސަރަހައްދަށް ގޮސް، ބޯޓުގެ ބައިތައް ނަގައިގެން ލޮމްޕޮކް ސިޓީ އެއާޕޯޓުންގެ ހެނގަރަށް ގެންގޮސް ބޯޓު ނައްތާލަން މަސައްކަތްކޮށްފައެވެ.

މިކަމާއި ގުޅިގެން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ވަނީ، ޖެކޮބްގެ ލައިސަންސްވެސް ހިފަހައްޓާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.