އިމްރާން ޚާން ހައްޔަރުކުރުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 5 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި 5 މީހުންވެސް މަރުވީ، އިސްލާމް އާބާދުގައި ހުންނަ ސިފަންގެ މަރުކަޒެއްގެ ކުރިމަތީގައި އާއްމުންނާއި ސިފަންނާއި ދެމެދު ހިނގަމުންދިޔަ މުޒާހަރާގެ ތެރެއިންނެވެ. ސިފައިން އާއްމުންގެ ތެރެއަށް ބަޑިޖެހުމުން އެކަކު ވަގުތުން މަރުވި އިރު އިތުރު 4 މީހުން މަރުވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސިފައިން ކެނޑިނޭޅި ބަޑިޖަމުން ދިޔަ ކަމުގައި މަންޒަރުދުށް ފަރާތްތަކާއި ހަވާލަދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.