Advertisement

އޭއައި ފޮޓޯ--

09 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ހޮސްޕިޓަލް ބިލްތައް ނުދެއްކިގެން ބައްޕަ އޭނާގެ ދަރިފުޅު ވިއްކާލައިފި

އިންޑިއާގެ ޚުޝީ ނަގަރްގައި، ޕްރައިވެޓް ހޮސްޕިޓަލެއްގައި ވިހޭ އަނބިމީހާ އާއި ދަރިފުޅުގެ ޚަރަދުތަކަށް ދައްކަން ޖެހުނު ބިލްތައް ނުދެއްކިގެން ބައްޕަޔަކު އޭނާގެ 3 އަހަރުގެ ދަރިފުޅު ވިއްކާލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާޝް ޕަޓޭލް ނަމަކަށް ކިޔާ ފިރިހެނަކު އޭނާގެ 3 އަހަރުގެ ދަރިފުޅު ވިއްކާލީ، ހޮސްޕިޓަލުގެ ބިލްތައް ނުދައްކަނީ، އަނބިމީހާ އާއި އޭނާ ވިހޭ ދަރިފުޅު ދޫކޮށް ނުލާނެކަމަށް ހޮސްޕިޓަލުން އެންގުމާއި ގުޅިގެންނެވެ. އަދި ޕަޓޭލްގެ 3 އަހަރުގެ ފިރިހެން ދަރިފުޅު ވިއްކާލުމަށް ބާރުއަޅާފައި ވަނީވެސް ހޮސްޕިޓަލުގެ ޑަކްޓަރަކާއި ނަރުހެއް ކަމަށާއި، ކުޑަކުއްޖާ ވިއްކާލާފައި ވަނީ ބިހާރުގެ ދެމަފިިރިއަކަށް 20،000 ރުޕީސްއަށް ކަމުގައިވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ކުއްޖާގަންނާނެ ދެމަފިރިން ހޯދައިދީ، އެޑޮޕްޝަން ޑޮކިއުމެންޓްތައް ހަދައިދިނުމަށް ފުލުުހުންވެސް 5000ރުޕީސްގެ ރިޝްވަތެއް ނަގާފައިވާކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމުގައިވެސް މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

ހާޝް ޕަޓޭލް، ގެ އަނބިމީހާ އާ އޭނާގެ ދަރިފުޅުގެ ހޮސްޕިޓަލް ބިލަށް، 4000 ރުޕީސް އެރި އިރު، ހާޝްޕަޓޭލް ފުލުހުންނަށް ހުށައެޅި ޝަކުވާގައި ބުނެފައި ވަނީ، 3 އަހަރުގެ ދަރިފުޅު ވިއްކާލަން މަޖުބޫރުކޮށް އެކަމުގައި ޝާމިލްވީ ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށެވެ.

އެއަވަށުގެ ފުލުހުން ބުނެފައިވާ ގޮތުގައި މިހާރު ވަނީ، ވިއްކާލި ކުޑަކުއްޖާ ހޯދައި ކުއްޖާގެ އާއިލާ އާއި ހަވާލުކޮށްފައެވެ. އަދި އެކުއްޖާގަތް ދެމަފިރިންނާއި، އެކަމުގައި ޝާމިލްވި ހޮސްޕިޓަލްގެ މުވައްޒަފުންނާއި، ޤާނޫނާއި ޚިލާފު އެއަމަލު ހިންގުމުގައި އެހީތެރިވެދިން ފުލުސްމީހާވެސް ހައްޔަރުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.