Advertisement

21 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޑްރަގް ޓްރެފިކް ކުރުމުގެ ތުހުމަތާއެކު، އެމެރިކާއިން ހެއިޓީގެ ރައީސަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ޑްރަގް ޓްރެފިކް ކުރުމުގައި ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވިގެން، ހެއިޓީގެ ކުރީގެ ރައީސް، މައިކަލް ޖޯސެފް މާޓެލީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން އަންގާރަ ދުވަހު ނިންމައިފިއެވެ.

އެމެރިކާގެ މި ނިންމުމަށް ފަހު އެ ގައުމުން ހާމަކުރި ގޮތުގައި، މާޓެލީ ވަނީ އޭނާގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ކޮކެއިން ހިމެނޭހެން ނުރައްކާތެރި ޑްރަގުގެ ބާވަތްތައް އެމެރިކާއަށް އެތެރެކުރުމަށް އެހީތެރިވެދީފައެވެ.

އެމެރިކާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހެއިޓީގެ ރައީސްކަން 2011 އިން 2016 އަށް ކޮށްފައިވާ މާޓެލީ ވަނީ ހެއިޓީގައި ޑްރަގް ޓްރެފިކްކުރާ ގްރޫޕްތަކާއެކު މަސައްކަތްކޮށް، ގިނަ ގޭންގުތަކެއް އޮޕަރޭޓު ކުރުމުގައި އެހީތެރިވެދީ އަދި ބޭނުން ކުރުން މަނާ ޑްރަގުގެ ބާވަތްތައް ލޯންޑާރ ކުރުމަށް އެހީތެރިވެދީފައެވެ.

އެމެރިކާގެ ޓްރެޝަރީ އެކްޓިން އަންޑަރ ސެކްރެޓަރީ ފޯރ ޓެރަރިޒަމް އެންޑް ފައިނޭޝިއަލް އިންޓެލިޖެންސް، ބްރެޑްލީ ސްމިތު ބުނީ، ހެއިޓީގެ ރައީސަކާ ދެކޮޅަށް އެޅުނު އެ ފިޔަވަޅުން ރަމްޒުކޮށްދެނީ، ހެއިޓީގައި އޮތް ނިކަމެތި ހާލަތުގެ ފަހަތުގައި ތިބީ ކޮރަޕްޓް ސިޔާސީ ފަރާތްތައް ކަމެވެ.

މާޓެލީއާ ދެކޮޅަށް ނިންމި ނިންމުމާއެކީ، އެމެރިކާގައި ހުރި މާޓެލީގެ ހުރިހާ އެސެޓެއް ހިފަހައްޓާނެއެވެ. އަދި އެމެރިކާގެ އެއްވެސް ރައްޔިތަކާ އެކު އެއްވެސް ވިޔަފާރި މުއާމަލާތެއް ކުރުން އޭނާއަށް މަނާވާނެއެވެ.

ހެއިޓީއަކީ އެމެރިކާ ބައްރުގައި އޮތް އެންމެ ފަގީރު ގައުމެވެ. އަދި ގޭންގު ވައިލެންސްއަކީ އެގައުމުގެ ކުރިއެރުމަށް އެޅިފައި އޮތް އެންމެ ބޮޑު ނުރައްކަލެވެ. ގޭންގު ތަކުގެ ހަރަކާތްތައް އިތުރަށް ގޯސްވެގެން ގޮސްފައިވަނީ، ހަތިޔާރު އެޅި ގްރޫޕްތަކުން ނިކުމެ މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގެ ޕްރައިމް މިނިސްޓަރ، އެރިއެލް ހެންރީ އޭނާގެ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށް، އޭނާ މަގާމުން ދުރުކުރުމަށްފަހުއެވެ.

ހެއިޓީގެ ވެރިރަށް ޕޯރޓު-އޯ-ޕްރިންސްގެ 80 އިންސައްތަ ކޮންޓްރޯލް ކުރަނީ އެ ގައުމުގެ ގޭންގުތަކުންނެވެ. އެހެންކަމުން، އެ ސިޓީގައި މީހުން މެރުމާއި، ރޭޕް ކުރުމާއި، ފައިސާއަށް މީހުން ވަގަށް ނެގުމަކީ އާންމު ކަމެކެވެ.

މީގެ އިތުރުން، ގޭންގު ވައިލެންސް އާ ގުޅިގެން ހެއިޓީގެ 578،000 އަށް ވުރެން ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އެ ގައުމުގެ އާބާދީގެ 11.7 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ވަނީ ބަނޑުހައިހޫނު ކަމުގައި ހޭދަކުރަން ޖެހިފައެވެ. އަދި މީގެ ތެރެއިން 1.6 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި މަރުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.