Advertisement

20 Aug 2024
ދުނިޔެ

އިޒްރޭލުން އިއްޔެ އެކަނިވެސް 35 މީހުން ޝަހީދުކޮށްލި އިރު، ގާޒާގެ މުޅި ހެލްތު ސެކްޓަރ މިހާރު އޮތީ ހުއްޓާލަން ޖެހޭ ހާލަތުގައި ކަމަށް އިންޒާރުދީފި

އިޒްރޭލުން ގާޒާ ސިޓީއަށް ދިން ހަމަލާތަކުގައި އިއްޔެ އެކަނިވެސް 35 މީހުން ޝަހީދުކޮށްލާފައިވާއިރު، ގާޒާގެ މުޅި ހެލްތު ސެކްޓަރ މިހާރު އޮތީ އެއްކޮށް ހުއްޓާލަން ޖެހޭ ހާލަތުގައި ކަމަށް، ގާޒާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ބުނެފިއެވެ. އެގޮތުން، ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލްތައް ހިންގުމަށް ދަތިވެ، އަނިޔާ ތަކުގައި ފަރުވާ ހޯދަމުންދާ ގިނަ ކުޑަކުދިންތަކެއްގެ ފަރުވާ ހުއްޓި، އެ ކުދިން މަރުވެދާނެކަމުގެ ބިރުބޮޑުކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

ގާޒާގައި އިއްޔެ ޝަހީދުކޮށްލި މީހުންގެ ތެރެއިން މަދުވެގެން 9 މީހުންނަކީ އ.ދ.ގެ ޝަތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ. އަދި އުތުރު 4 މީހުންނަކީ، ގާޒާގެ އަވަށްޓެރި ހިސާބެއް ކަމުގައިވާ އައް-ޒަރްގާގެ އާންމު ރައްޔިތެއްގެ ކާރަކަށް ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި މީހުންކަމަށް، ފަލަސްތީނުގެ އިންފޯމޭޝަން ސެންޓަރުން (ޕަލިންފޯ) ވަނީ ހާމަކޮށްފައެވެ.  

ގާޒާގެ އަވަށްޓެރި އެހެން ހިސާބެއް ކަމުގައިވާ ސަބްރާގެ އާންމުން ދިރިއުޅޭ ގެތަކަކަށް އިޒްރޭލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކަކުން ބަޑިޖަހާފައިވާކަމަށް ވެސް ޕަލިންފޯއިން ވަނީ ބުނެފައެވެ.

ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރ، ހުއްސާމް އަބޫ ސާފިޔާ ބުނީ، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 11 ކުޑަކުދިން ތިބީ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި މަރުވެދާނެ ފަދަ ހާލަތެއްގައެވެ. އެއީ، ތެޔޮ ލިބުން ދަތިވެ، އެ ހޮސްޕިޓަލުގެ ނާސަރީ އާއި އައިސީޔޫގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހިފައި އޮތުމުންނެވެ.

ހުއްސާމް އިތުރަށް ބުނީ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ ކޮންވޯއީއެއް، ބެހާއި ތެލާއެކު ގާޒާއަށް އައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް އެ އެހީގެ ތަކެތި ގާޒާއަށް ފޯރާފައި ނުވަނީ، އެ އެހީގެ ޓްރަކްތައް ޗެކްޕޮއިންޓުތައް ފަހަނާއަޅާ ދިއުމަށް އިޒްރޭލު ސިފައިން ހުއްދަ ދީފައި ނުވާތީ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.