Advertisement

އަލްމަވާސީގައި ގޮއްވާލާފައިވާ ޓެންޓެއް

10 Sep 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

"ސޭފް ޒޯން" އެއް ކަމަށް ކަނޑައަޅާފައި އޮތް އަލް-މަވާސީއަށް އިޒްރޭލުން ދިން ހަމަލާއެއްގައި 40 އަށް ވުރެން ގިނަ މީހުން ޝަހީދުވެއްޖެ

ގައްޒާގެ ދެކުނުގެ އަވަށެއް ކަމުގައިވާ ޚާން ޔޫނިސްގެ އަލް-މަވާސީގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޓެންޓު ތަކުގައި ވަގުތީ ހިޔާވަހިކަމުގައި އުޅެމުން ދަނިކޮށް، އެތަނަށް ބޮން އަޅައި 40 އަށް ވުރެން ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ. ރޭގެ ފަތިހު ދިން މި ހަމަލާގައި 60 އެއްހާ މީހުނަށް އެކިވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެވެ.

ގައްޒާގެ ސިވިލް ޑިފެންސް ފޯހުން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުން މި ހަމަލާ ދީފައިވަނީ ޓެންޓު ތަކުގައި މީހުން ނިދާފައި ތިއްބައެވެ. އެގޮތުން މި ހަމަލާގައި 20 އަށް ވުރެން ގިނަ ޓެންޓު ހިމެނޭ ސަރަހައްދެއް ވަނީ ގޮއްވާލާފައެވެ. ކަމާގުޅޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ގޮވުންތަކުގެ ސަބަބުން 9 މީޓަރު (30 ފޫޓު)ގެ ފުން ތިން ވަޅުގަނޑެއް ވަނީ އެ ސަރަހައްދުގައި އުފެދިފައެވެ.

ގައްޒާގެ ރަފާހް އާއި ޙާން ޔޫނިސްގައި އިޒްރޭލު ސިފައިން ހިންގި ގްރައުންޑު އޮޕަރޭޝަނުގައި އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް މިދިޔަ މަހު އެންގުމާ ގުޅިގެން، ގިނަ ބަޔަކު ބަދަލުވީ އޭރު އިޒްރޭލު ސިފައިން "ސޭފް ޒޯން" އެއް ކަމަށް ބުނި އަލް-މަވާސީގެ ޓެންޓުތަކަށެވެ. އެހެންކަމުން، މި ޓެންޓުތަކުގައި މީހުން ދިރިއުޅެމުން ދިޔައީ ވަރަށް ބައިބޯ ކޮށެވެ.

މަންޒަރު ދުށް މީހުން ހާމަކޮށްފައިވާ ގޮތުގައި، މިއީ އިޒްރޭލު ސިފައިންގެ ވަރަށް ރަހުމް ކުޑަ ހަމަލާއެކެވެ. އެގޮތުން ގައްޒާގެ ސިވިލް ޑިފެންސް ފޯހުން ވާހަކަ ދެއްކި އެ ފޯހުގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި، ރޭގެ ހަމަލާއަކީ މިހާތަނަށް އިޒްރޭލުން ދިން އެންމެ ރަހުމް ކުޑަ އެއް ހަމަލާކަމުގައި ވާނެއެވެ. އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ ބާރުގަދަ މިސައިލްތަކެއް ބޭނުންކޮށްގެންނެވެ. އަދި "ސޭފް ޒޯން" އެއް ކަމަށް ކަނޑަ އެޅުމަށްފަހު ހަމަލާ ދިނުމުން، މި ސަރަހައްދުގައި ދިރިއުޅެމުން ދިޔަ މީހުން މިހާރު ތިބީ އިތުރަށް ބިރުގެންފައިކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.