Advertisement

21 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

42 އަންހެނުން މަރާލިކަމުގެ ތުހުމަތުގެ ތަހުގީގުގައި ހުރި މީހަކު ކެންޔާގެ ޖަލަކުން ފިލައިފި

42 އަންހެނަކުގެ ހަށިގަނޑުގެ ބައިތައް ބުރުކޮށްލުމަށްފަހު މަރާލިކަމުގެ ތުހުމަތުގެ ތަހުގީގުގައި ކެންޔާގެ ނައިރޯބީގެ ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިފިއެވެ. އުމުރުން 33 އަހަރުގެ ކޮލިންސް ޖުމައިޝީ ކަލޫޝާ ވަނީ އޭނާގެ ކުށަށް އިއުތިރާފްވެފައި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކެންޔާގެ ފުލުހުން، "ވެމްޕަޔަރ" އެއްގެ ގޮތުގައި ސިފަކުރާ ކަލޫޝާ ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ޖުލައި 15 ވަނަ ދުވަހުއެވެ. އަދި އޭނާ ފިލާފައިވާކަން އެނގިފައިވަނީ އަންގާރަ ދުވަހުގެ ފަތިހު، ހެނދުނުގެ ނާސްތާ ދިނުމަށް ގޮޅި ހުޅުވުމުންނެވެ. އޭނާއާ އެކު، އެ ޖަލު ގޮޅީގައި ތިބި އިތުރު 12 މީހަކު ވެސް ވަނީ ފިލާފައެވެ. އެ ގޮޅީގައި ދެން ތިބީ، ކެންޔާގައި ދިރިއުޅެމުން ދިޔަ އެރިޓްރިއާއަށް ނިސްބަތްވާ ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެކެވެ. 

އެމީހުން ފިލާފައިވަނީ، ޖަލުގޮޅިއަށް ސާފު ވައިލިބޭ ގޮތަށް ފެންލައިޓެއްހެން ހަދާފައި އިން ތަނެއްގެ ނަރުދާތައް ބުރިކޮށްލައިގެން ކަމަށް ޕޮލިހުންގެ ސްޓޭޓްމެންޓެއްގައި ބުނެފައި ވެއެވެ. އަދި ޕޮލިހުން އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، މިކަމުގައި ޖަލު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ބައިވެރިވުން ހިމެނޭ ކަމަށް ޝައްކު ކުރެވޭތީ، އެ ވަގުތު ޑިއުޓީގައި ތިބި 8 އޮފިސަރެއްގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ.

ކަލޫޝާ އެންމެ ފަހުން ކޯޓަށް ހާޒިރުކޯށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދުވަހު ގާޒީ އަމުރުކުރީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކޮށް، ފުލުހުންގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް އިތުރު ވަގުތު ދިނުމަށެވެ.

ކެންޔާގެ ޕޮލިހުގެ ޑައިރެކްޓޮރޭޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންސްގެ ވެރިޔާ، މުޙައްމަދު އަމީން އޭނާ ހައްޔަރު ކުރުމަށްފަހު ނުސްވެރިންނަށް ދިން ބަސްދީގަތުމެއްގައި ބުނީ، ކަލޫޝާ 42 އަންހެނުން މަރާލާފައިވަނީ 2022 ވަނަ އަހަރުން ފެށިގެން އޭނާ ހައްޔަރު ކުރުމާ ހިސާބަށް ވޭތުވެދިޔަ މުއްދަތުގައި ކަމަށެވެ. އަދި އޭނާ ފުރަތަމަ މަރާލާފައިވަނީ، އޭނާގެ އަނބިމީހާކަމަށް ވެސް އަމީން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.