Advertisement

27 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ރަސްކަމުގެ ވާހަކަތަކާ ގުޅުވައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރި ކަމުގެ ދައުވާ މެލޭޝިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު މުހްޔިއްދީންގެ މައްޗަށް އުފުލައިފި

މެލޭޝިއާގެ ކުރީގެ ރަސްގެފާނާ ގުޅުވައި، ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކި ކަމުގެ ދައުވާ މިހާރުގެ އިދިކޮޅުގެ ލީޑަރު އަދި އެ ގައުމުގެ ކުރީގެ ޕްރައިމް މިނިސްޓަރު، މުހްޔިއްދީން ޔަސިންގެ މައްޗަށް އުފުލައިފިއެވެ.

މި ދައުވާއާ ގުޅިގެން މުހްޔިއްދީން ވަނީ އަންގާރަ ދުވަހުގެ ހެނދުނު، އެ ގައުމުގެ އިރުއުތުރުގެ ހިސާބެއް ކަމުގައިވާ ގުއާ މުސަންގުގެ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި މުހްޔިއްދީން ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަށް ދެކޮޅު ހަދާފައެވެ.

މި ދައުވާއަކީ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު މުހްޔިއްދީން ނިސްބަތްވާ ކޮންޒަވޭޓިވް ޕެރިކަޓަން ނޭޝަނަލް އިއްތިހާދުގެ ކެމްޕެއިން ޖަލްސާއެއްގައި އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ، 3 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އައުން އެކަށީގެންވެއެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުހްޔިއްދީން ވަނީ އެ ޖަލްސާގައި، އޭރުގެ ރަސްގެފާނު، ސުލްތާން އަބްދުﷲ ސުލްތާން އަޙްމަދު ޝާހު، 2022 ގެ އިންތިހާބަށްފަހު އޭނާއަށް ޕްރައިމް މިނިސްޓަރު ކަމުގެ ދައުވަތު ނުދިނުމުން އެކަމަށް ސުވާލު އުފައްދާފައެވެ. އެ ފަހަރު ޕްރައިމް މިނިސްޓަރަށް ވުމުގެ ދައުވަތު ރަސްގެފާނު ދީފައިވަނީ އަންވަރު އިބްރާޙިމްއަށެވެ.

މެލޭޝިއާގެ ރަސްކަން ދެމިގެންދަނީ ތަފާތު ގޮތަކަށެވެ. އެ ގައުމުގެ ދައުލަތް 9 ބަޔަކަށް ބަހައިލައިގެން ކުރިޔަށް ގެންދާއިރު، ކޮންމެ ދައުލަތެއްގެ ވެރިއަކަށް 5 އަހަރަށް ރަސްގެފާނަށް ވުމުގެ ފުރުސަތު ލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.