Advertisement

25 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

މެސެޖުކުރުމަށް ބޭނުންކުރާ އެޕްލިކޭޝަނެއް ކަމުގައިވާ ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި

މެސެޖުކުރުމަށް ބޭނުންކުރާ އެޕްލިކޭޝަނެއް ކަމުގައިވާ ޓެލެގްރާމްގެ ފައުންޑަރ އަދި ސީއީއޯ، ޕަވެލް ޑުރޯވް ފްރާންސުގެ ބޯރގެޓް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ޓެލެގްރާމްއާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ.

ފްރާންސްގެ މީޑިއާތަކުން އިތުރަށް ހާމަކުރީ، އުމުރުން 39 އަހަރުގެ ޑުރޯވް ހައްޔަރުކުރީ، އޭނާ ޕްރައިވެޓް ޖެޓެއްގައި އަޒަބައިޖާނުން ގޮސް ފްރާންސަށް ފޭބުމުން، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ފްރާންސްގެ އޯއެފްއެމްއައިއެން އިން ޑުރޯވްގެ މައްޗަށް ތުހުމަތުކުރާ ކުށްތަކުގެ ތެރޭގައި މަކަރާއި ހީލަތްހެދުމާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި ސައިބަރ ބުލީ ކުރުމާއި އޯގަނައިޒްޑް ކްރައިމް ހިމެނޭކަމަށް، އޭއެފްޕީ ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ޓެލެގްރާމް މެދުވެރިކޮށް ހިންގާ ނުރައްކާތެރިކަންކަމާ ދެކޮޅަށް އޭނާ މަސައްކަތް ނުކުރުމަކީ ވެސް އޭނާގެ މައްޗަށް ތުހުމަތުކުރާ ކަމެކެވެ.

އޭނާއާ ދެކޮޅަށް މިހާ ގިނަ ތުހުމަތުތައް ފްރާންސުން ކުރާކަން އެނގިހުރެ، އޭނާ އެ ގައުމަށް ދަތުރުކޮށްފައިވާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދައެވެ.

ގިނަ ބަޔަކު އެދޭ އެންކްރިޕްޓެޑް ފީޗާތަކާއެކު، ޑުރޯވް އާއި އޭނާގެ ބޭބެ ޓެލެގްރާމް އުފެއްދީ 2013 ވަނަ އަހަރު ރަޝީއާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.