Advertisement

10 Sep 2024
ދުނިޔެ

ވެރިކަމުގައި ހިންގި ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ހަސީނާ ބަނގުލަދޭޝްއަށް ގެނައުމުގެ މަސައްކަތް އެ ގައުމުން ފަށައިފި

ބަނގުލަދޭޝްގައި ކުރިޔަށް ދިޔަ ބޮޑު މުޒާހަރާތަކާ ގުޅިގެން ގައުމު ދޫކޮށް ފިއްލެވި ބަނގުލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ޝެއިހް ހާސީނާ އަނބުރާ އެގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް، ބަނގުލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރިބިއުނަލް (އައިސީޓީ) އިން ހާމަކޮށްފިއެވެ.

އައިސީޓީ އަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ އަތްދަށުން ބަންގްލަދޭޝް މިނިވަންވުމަށް ކުރި ހަނގުރާމައިގައި ހިނގި އަނިޔާވެރި ޢަމަލުތައް ތަޙްޤީޤުކުރުމަށް 2010 ވަނަ އަހަރު ހަސީނާ އުފެއްދި މުއައްސަސާއެކެވެ.

އައިސީޓީގެ ޗީފް ޕްރޮސެކިއުޓަރު އާދީއްތަ ދުވަހު ބުނެފައިވަނީ، ހަސީނާގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި، އިންޑިއާގައި ހުންނެވި ހަސީނާ ބަންގްލަދޭޝަށް އަނބުރާ ގެނައުމުގެ ޤާނޫނީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހަސީނާއާ ދެކޮޅަށް ހަފްތާތަކަށް ބަނގުލަދޭޝްގައި ދެމިގެންދިޔަ ހަމނުޖެހުންތަކާ ގުޅިގެން، އޯގަސްޓު ފަސްވަނަ ދުވަހު އޭނާ ވަނީ މިލިޓަރީ ހެލިކޮޕްޓަރެއްގައި އިންޑިއާގެ ނިއު ދިއްލީއަށް ގޮސް، އެ ގައުމުގެ ހިމާޔަތް ހޯދާފައެވެ. އަދި އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދިނުމާ ގުޅިގެން އިންޑިއާ އާއި ބަނގުލަދޭޝްއާ ދެމެދު ވަނީ ސިޔާސީ ނުތަނަވަސްކަން އުފެދިފައެވެ.

އައިސީޓީގެ ޗީފް ޕްރޮސެކިއުޓަރ މުޙައްމަދު ތާޖުލް އިސްލާމް ހާމަކޮށްފައިވާ ގޮތުގައި، 15 އަހަރު ވަންދެން ޤައުމުގެ ވެރިކަން ހަސީނާ ކުރައްވާފައިވަނީ ގޮށްމުށުގެ ބާރުން ކަމަށާއި، ހަސީނާ ހޯދަން ބޭނުންވަނީ އޭނާގެ ސަރުކާރުން ހިންގި "ގަތުލުއާންމު" ތަކުގެ ޝަރީއަތާ ކުރިމަތިލެއްވުމަށް ކަމަށެވެ. އަދި މި ޝަރީއަތްތަކަށް ހަސީނާ ބަނގުލަދޭޝްއަށް ގެނައުމުގެ މަސައްކަތް ކުރަނީ، 2013 ވަނަ އަހަރު އިންޑިއާ އާއި ބަނގުލަދޭޝްއާ ދެމެދު ސޮއި ކުރެވުނު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން ކަމަށް ވެސް އިސްލާމް ހާމަކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.