Advertisement

27 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ގާޒާގައި އ.ދ. އިން ދެމުން އައި ހުރިހާ އެހީއެއް ހުއްޓާލަން ޖެހިއްޖެ: އޮފިޝަލް

ގާޒާގައި އެކުވެރި ދައުލަތް (އ.ދ.) އިން ދެމުން އައި އެހީތައް ހުއްޓާލަން މަޖުބޫރުވެގެން، އެ ޖަމްއިއްޔާގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފާއިވާކަމަށް، އެ ޖަމްއިއްޔާގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. އ.ދ. ގެ އެހީތައް ގާޒާގައި ހުއްޓާލަން ޖެހުނީ، ދަޔާ އަލް-ބަލާހްގައި ތިބި މީހުން އެ ސިޓީއިން ފޭބުމަށް އިޒްރޭލުން އެންގުމާ ގުޅިގެންނެވެ.

އ.ދ. އިން ބުނެފައިވަނީ، އިޒްރޭލުން ކަން ކުރަމުންދާ އުސޫލުގެ ސަބަބުން، އެ ޖަމްއިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑު ގޮން ޖެހުމަކަށް ވެފައި ވާކަމަށެވެ. އޭގެ އެއްސަބަބަކީ، އެ ޖަމްއިއްޔާގެ ކޮމާންޑު ވެސް އިރުއިރު ކޮޅުން އެއް ތަނުން އަނެއް ތަނަށް ބަދަލުވާންޖެހި، ރަގަޅަށް މަސައްކަތް ކުރުމުގެ މިނިވަންކަމާއި ފުރުސަތު ލިބިގެން ނުދިއުމެވެ.

މީގެ އިތުރުން، އ.ދ. އިން ބުނީ، އެ ދަތިކުރުންތަކާ އެކުވެސް އެމީހުން ގާޒާ ދޫކޮށް ނުދާނެކަމަށެވެ. ސަބަބަކީ ގާޒާގެ ރައްޔިތުން އ.ދ. ގެ އެހީ އިންތިހާއަށް ބޭނުންވުމެވެ. ނަމަވެސް، މި އުނދަގޫ ހާލަތުގައި އެކަން ކުރަމުން އ.ދ. ގެ އޮފިޝަލުންނަށް ރައްކާތެރިކަން ފޯރު ކޯށްދިނުން ވެސް އޮތީ ދަތިކަމަކަށް ވެފައެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުން ދަޔާ އަލް-ބަލާހް އިން ފޭބުމަށް އަންގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިންސާނިއްޔަތުކަމެއް ނެތް އިޒްރޭލު ސިފައިން ހާމަކޮށްފައިވާ ގޮތުގައި، އެމީހުން ދަނީ ކުރިން ރައްކާތެރި ތަނެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް، ދަޔާ އަލް-ބަލާހް ގައި ގްރައުންޑު އޮޕަރޭޝަނެއް ފެށުމަށް ތައްޔަރު ވަމުންނެވެ.

މިކަމުގެ ސަބަބުން އ.ދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް ގެ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. އެމީހުންގެ ކާއެއްޗެތި ބަހާ ސްޓޭޝަންތަކާއި ބަދިގެތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވެސް އުނދަގޫވެފައި ވަނީ އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.