Advertisement

26 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އަލްގައިދާއާ ގުޅުންހުރި ގްރޫޕަކުން ބުރުކިނާ ފަސޯގެ 200 މީހުން މަރާލުމުގެ ޒިންމާ ނަގައިފި

އަލްގައިދާއާ ގުޅުންހުރި ޖަމާއަތެއް ކަމުގައިވާ، ޖަމާއަތު ނުސްރަތު އަލް-އިސްލާމް ވަލް-މުސްލިމީން (ޖޭނިމް) އިން ބުރުކިނާ ފަސޯގެ 200 މީހުން މަރާލައި، 140 އެއްހާ މީހުންނަށް އަނިޔާދިންކަމުގެ ޒިންމާ ނަގައިފިއެވެ.

ބުރކިނާ ފަސޯއަށް މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުއެވެ. މި ހަމަލާ އަކީ އެ ގައުމުގެ ސްޓްރެޓެޖިކް ޓައުން ކަމުގައިވާ ކަޔާގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ ބާސަލޯގޯ ސަރަހައްދުގައި ދީފައިވާ ހަމަލާއެއް ކަމަށް މައްސަލަ ދިރާސާކުރަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޖޭނިމްގެ ހަނގުރާމަވެރިން ބަޑިޖަހާފައިވަނީ ސަލާމަތީ އައުޓްޕޯސްޓްތައް ހިމާޔަތް ކުރުމަށް ފަރުމާކޮށްފައިވާ ހަންދަގުތައް ކޮންނަން ތިބި މީހުންގެ ޓީމުތަކަށް އަމާޒުކޮށެވެ. ހަމަލާއަށް ފަހު ސިފައިންގެ ބައެއް މީހުން ގެއްލިފައިވާއިރު، ހަމަލާދިން މީހުން ވަނީ ހަތިޔާރާއި އަސްކަރީ އެމްބިއުލާންސެއް ފޭރިގަނެފައެވެ.

ސެނެގާލްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިއަކު ރިޕޯޓުކޮށްފައިވާ ގޮތުން، ހަމަލާއަށްފަހު ހަންދަގުތައް ބަދަލުވެފައިވަނީ ބޮޑު ކަށްވަޅަކަށެވެ. އެ ހަންދަގުތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް މަރުވެފައި ތިބިކަމަށް އޭނާ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، އަނިޔާވެފައިތިބި މީހުންނަށް އަވަސް ފަރުވާ ދިނުމަށް، ކާޔާގެ ޑޮކްޓަރުންނާއި ނަރުހުން އައުމަށް ވަނީ އެދިފައެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހަމަލާގެ ހަބަރު ބުރުކިނާ ފަސޯގެ ސިފައިންނަށް ވަނީ ހުކުރު ދުވަހު ލިބިފައެވެ. އެހެންކަމުން ސިފައިން ހުރިހާ ރައްޔިތުންނަށް ލަފާދީފައިވަނީ ހަންދަގުތައް ކޮނެގެން ފިލައި ތިބުމަށެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމަލުތަކުގެ ސަބަބުން ބުރުކިނާ ފަސޯގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ ކޮންޓްރޯލް ވަނީ އެގައުމުގެ ސިފައިންގެ އަތުން ގެއްލިފައެވެ.

ބްރުކިނާ ފަސޯއަކީ ސިޔާސީ ހަމަނުޖެހުމާއި ދާހިލީ ހަމަނުޖެހުން ބޮޑު ގައުމެކެވެ. 2022 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް އައި އެގައުމުގެ އަސްކަރީ ލީޑަރުންނަށް ވެސް ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ކުރި މަސައްކަތުގައި ކުރިމަތިވި ނާކާމިޔާބަށް ހިތްހަމަ ނުޖެހުމުގެ ސަބަބުން އެމީހުނަށް ވެސް އެތައް ބަޣާވާތަކާ ކުރިމަތިލާން ޖެހުނެވެ.

ފާއިތުވި 10 ވަރަކަށް އަހަރުތަކުގެ ތެރޭގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ވަނީ އެތައް ހާސް ބަޔަކު މަރާލާފައެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން މި މުއްދަތުގައި 2 މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލުމުގެ ސަބަބުން މަގުމަތިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.