Advertisement

ޓެލެގްރާމްގެ ފައުޑަރ، ޕަވެލް ޑްރޯވް --

18 Aug 2024
ލައިފްސްޓައިލް

އުމުރުން 39 އަހަރުގައި ޓެލެގްރާމްގެ ފައުންޑަރުގެ 100 އަށް ވުރެން ގިނަ ބަޔޮލޮޖިކަލް ދަރިން 12 ގައުމެއްގައި

ގިނަ ދަރިން ތިބޭ މީހުން ދުނިޔޭގައި އުޅެފައިވާކަމަށް ތުންތުން މަތިންނާއި ފޮތްތަކުން އަހަރެމެންނަށް އެނގެއެވެ. ނަމަވެސް، އެކި ގައުމުތަކުގެ މީހުންނަށް 100 އަށް ވުރެން ގިނަ ދަރިން ހޯދޭނީ، ހަމަގައިމުވެސް އެއް ގޮތަށް ވުރެން ގިނަ ގޮތްގޮތުން ކާމިޔާބު މީހުންނަށެވެ. މިފަހަރު މި ކިޔާދެނީ އެފަދަ މީހެއްގެ ވާހަކައެވެ.

ދުނިޔޭގައި އެންމެ ރައްކާތެރި އެއް ނެޓްވޯކުގެ ގޮތުގައި ބެލެވިފައި އޮތް ޓެލެގްރާމްގެ ފައުންޑަރ، ޕަވެލް ޑްރޯވް ވަނީ އޭނާގެ  100 އަށް ވުރެން ގިނަ ދަރިން، 12 އަށް ވުރެން ގިނަ ގައުމެއްގައި މިހާރު ދިރިއުޅެމުންދާކަމަށް ބުނެ، އޭނާގެ ޓެލެގްރާމް ޗެނަލްގައި ޕޯސްޓެއް ކޮށްފިއެވެ. އުމުރުން 39 އަހަރުގެ މީހަކު މިހެން ބުނުމުން، ކިޔުންތެރިންގެ ތެރެއިން ގިނަ ބަޔަކު ހިތަށް އަރާނެ އެއް ސުވާލަކީ، އެންމެ ރައްކާތެރި ޗެނަލްގެ ފައުންޑަރަށް، ރައްކާތެރި ގޮތުގައި ދޭތެރެ ދުރުކުރާނެ އުކުޅުތައް ހަމަ ހަގީގަތުގައި ވެސް ނޭންގެނީތޯ ހިތައް އަރާ އުފެދޭ ސުވާލެވެ. ނޫންނަމަ، އޭނާގެ މުދަލުގެ އަގު 15.5 ބިލިއަން ޑޮލަރުގައި ހުރުމުން، ވިސްނުމެއްނެތި ދަރިން ހޯދަމުން ދަނީ ބާއެވެ.

މުޅިއަކުން އެހެނެއް ނޫނެވެ. ޑުރޯވްގެ މިހާ ގިނަ ދަރިން ތިބެނީ، އޭނާގެ ދަރިފަނީގެ ސިއްހަތު ރަގަޅު ކަމުންނެވެ. މިކަން ފެށުނު ހިސާބު ޑުރޯވް ވަނީ އޭނާގެ ޗެނަލްގައި ހިއްސާކޮށްފައެވެ.

ޑުރޯވް ކިޔައިދީފައިވާ ގޮތުގައި، މީގެ 15 އަހަރު ކުރިން އޭނާގެ ރަހްމަތްތެރިއަކު އައިސް އޭނާގެ ކައިރީގައި ވަރަށް އާދަޔާ ހިލާފު ކަމަކަށް އެދުނެވެ. ރަހްމަތްތެރިޔާ އެދުނު ކަމަކީ، އެ ދެމަފިރިންނަށް ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެ ދަރިއެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެފައި ވުމުން، އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން ޑުރޯވްގެ ސްޕަރމް ކުލިނިކަކަށް ހަދިޔާ ކުރުމަށެވެ. ރަހްމަތްތެރިޔާގެ އެ އެދުމަށް ފުރަގަސްދޭކަށެއް ޑުރޯވްއަކަށް ނުކެރުނެވެ.

ރަހްމަތްތެރިޔާގެ މި އެދުން ފުއްދާ ދިނުމަށް، ސްޕަރމް ހަދިޔާ ކުރުމަށް ކްލިނިކަށް ދިއުމުން، ޑުރޯވްގެ ސްޕަރމްގެ ކޮލެޓީ އެނގި، އެންމެ ފަހުން ކްލިނިކުގެ ވެރިޔާގެ ހާއްސަ ރިކުއެސްޓެއް ވެސް ޑުރޯވް އަށް ލިބުނެވެ. ނަމަވެސް އެއީ އޭނާއަށް ދަރިއަކު ނުލިބިގެން ކުރި ރިކުއެސްޓެއް ނޫނެވެ. ކުލިނިކުގެ ވެރިޔާ އެދުނީ، ރަގަޅު ކޮލިޓީގެ ސްޕާމް ޑޯނަރުން ލިބުމަށް ދަތި ވާހަކައެވެ. އެގޮތުން، ޑުރޯވްގެ ސްޕަރމް ކޮލެޓީ ރަގަޅުވުމުން، ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުން ބޭނުންކުރުމަށް، އޭނާގެ ސްޕަރމް އިތުރަށް ހަދިޔާ ކޮށްދިނުމަށް އެދުނެވެ.

މި އެދުމަކަށް ވެސް އޭނާ ފުރަގަހެއް ނުދިނެވެ. އަދި ރަސްމީކޮށް ސްޕަރމް ޑޯނަރެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީވެ، ގިނަ ކްލިނިކްތަކަކަށް ސްޕަރމް ހަދިޔާ ކުރިއެވެ.

އަދި އޭގެ 15 އަހަރު ފަހުން 2024 ވަނަ އަހަރު، އޭނާގެ ސްޕަރމް ބޭނުންކޮށްގެން، މިހާރު 12 ގައުމަކަށް ނިސްބަތްވާ 100 އަށް ވުރެން ގިނަ ދެމަފިރިން މިވަނީ ދަރިން ހޯދާފައެވެ. ޑުރޯވްގެ ސަބަބުން ގިނަ ދެމަފިރިންތަކަކަށް އުފާވެރި ހަޔާތެއް އާރާސްތު ކުރުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި، އަދިވެސް އެއް ކްލިނިކެއްގައި މީގެ 15 އަހަރު ކުރިން އޭނާ ހަދިޔާ ކުރި ސްޕަރމް ސާމްޕަލްތައް ރައްކާކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެއީ ކޮން ގައުމެއްގައި ހުންނަ ކޮން ކްލިނިކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.