Advertisement

31 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ބްރެޒިލްގައި "އެކްސް" ބޭނުންކުރުން ވަގުތުން ސަސްޕެންޑު ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ބްރެޒިލްގެ ސްޕްރީމް ކޯޓަކުން، ސޯޝަލް މީޑިއާ ޕްލްޓްފޯމެއް ކަމުގައިވާ "އެކްސް"، އެ ގައުމުގައި ބޭނުން ނުކުރެވޭގޮތަށް ވަގުތުން ސަސްޕެންޑު ކުރުމަށް އަމުރުކޮށްފިއެވެ. ސްޕްރީމް ކޯޓުން މިގޮތަށް އަމުރުކުރީ، "އެކްސް"ގެ ގާނޫނީ ވަކީލަކު މި މައްސަލައިގައި އައްޔަނު ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުއެވެ.

ސްޕްރީމް ކޯޓުގެ މި އަމުރާ އެކީ، ބްރެޒިލްފައި "އެކްސް" ގެ ސްޓާލިންކު ބޭނުން ކުރުން ވެސް މަނާވާނެއެވެ. އެހެންކަމުން ސްޓާލިންކުން ބްރެޒިލްގައި ފައިސާގެ މުއާމަލާތް ކުރާ ބޭންކު އެކައުންޓުތައް ވެސް ފްރީޒް ކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި އަމުރަކީ ބްރެޒިލްގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު، އެލެކްސެންޑަރ ޑި މޮރޭސް އާއި "އެކްސް" ގެ ވެރިޔާ، އޭލޮން މަސްކާއި ދެމެދު އުފެދިފައިވާ ގިނަ ދުވަސްވީ މައްސަލަތަކެއް ނިމުމަކަށް ގެނުވާނެ އަމުރެކެވެ.

"އެކްސް" އާ ދެކޮޅަށް ނެރުނު މި ކޯޓު އަމުރު އުވާލެވޭނެކަމަށް ބުނެފައިވަނީ، އެ ކުންފުންނަށް އަމުރުކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުއެވެ. އޭގެ ތެރޭގައި އެ ކުންފުނިން ދައްކަންޖެހޭ 3.28 މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާ އާއި އެ ކުންފުނިން އައްޔަން ކުރަން ޖެހޭ ގާނޫނީ ވަކީލު އައްޔަން ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ވާރޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުންކޮށްގެން "އެކްސް" ޕްލެޓްފޯމް ބްރެޒިލްގައި ބޭނުން ކުރުމަށް މަގުފަހިކޮށްދޭ ކުންފުނިތައް ވެސް ދުވާލަކު 8،900 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.