Advertisement

17 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

އިޒްރޭލުން ލުބުނާނަށް ދިން ހަމަލާއެއްގައި 9 މީހުން މަރުވެއްޖެ

ހުކުރު ދުވަހުގެރޭ އިޒްރޭލުން ލުބުނާނުގެ ދެކުނުގެ އަވަށަކަށް ދިން ރޮކެޓު ހަމަލާއެއްގައި 9 މީހުން މަރުވެއްޖެކަމަށް، ލުބުނާނުގެ މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.

ލުބުނާނުގެ ދެކުނުގައި އޮންނަ ނަބަޓިއޭ ކިޔާ ހިސާބަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި އޭނާގެ ކުޑަ ދެ ދަރިން ވެސް ހިމެނެއެވެ. މި ހަމަލާގައި 5 މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ދެމީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފައިވެއެވެ.

މި ހަމަލާއަށްފަހު އިޒްރޭލުން ބުނީ، އެމީހުން ހަމަލާދިނީ ލުބުނާނުގައި ހުންނަ ހިޒްބުﷲގެ ހަތިޔާރު ގުދަނަކަށް ކަމަށެވެ. މިއީ އިޒްރޭލާ 12 ކިލޯ މީޓަރު ދުރުމިނެއްގައި އޮންނަ ތަނެއްކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.  ނަމަވެސް، ހަތިޔާރު ގުދަނަކަށް ދިން ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން މަރުވުމަކީ، އިޒްރޭލުން ލުބުނާނަށް ހަމަލާ ދިނުމަށް ދައްކަމުންދާ ބަހަނާއެއްކަން މިވަނީ ހާމަވެފައެވެ.

އެކުވެރި ހަމާސްއަށް ވާގިވެރިވުމުގެ ގޮތުންނާއި، ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ދިފާއުގައި ހިޒްބުﷲ އިން ދަނީ ކޮންމެ ދުވަހަކު ހެން އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އާރމްޑް ކޮންފްލިކްޓް ލޮކޭޝަން އަދި އިވެންޓް ޑޭޓާ ޕްރޮޖެކްޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ބަދަލުކޮށްފައިވާ ހަމަލާތަކުގައި، 31 ޖުލައި އާ ހިސާބަށް ލުބުނާނުގެ 601 މީހަކު ވަނީ މަރާލާފައެވެ. އަދި މި ހަމަލާތަކުގެ %82 އަކީ އިޒްރޭލުން ދިން ހަމަލާތަކެވެ. މި ހަމަލާތަކުގައި މަރުވެފައިވަނީ އިޒްރޭލުގެ 23 މީހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.