Advertisement

މަންކީ ޕޮކްސް ޖެހިފައިވާ މީހެއް ---

09 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާއިން މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިއްޖެކަން އިންޑިއާ ސަރުކާރުން ހާމަކޮށްފި

އިންޑިއާގައި މަންކީ ޕޮކްސްއަށް ޝައްކު ކުރެވުނު މީހާއަށް ޖެހިފައި ވަނީ އެބަލިކަން ޓެސްޓްތަކުން ކަށަވަރުކުރެވިފައިވާ ކަމުގައި އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާގެ އިންފޮމޭޝަން ބިއުރޯއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަންކީ ޕޮކްސްއަށް ޝައްކު ކުރެވިގެން އެކަހެރިކުރެވުނު މީހާއަށް ޖެހިފައި ވަނީ އެބަލިކަން ކަށަވަރުކުރެވިފައި ވުމާއިއެކު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އަދި އެބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް އިންޑިއާއިން ފެނުނު ނަމަވެސް އެކަމުގައި އާއްމު ސިއްޙަތަށް ނުރައްކާ ހާލަތެއް އަދި ނެތްކަމުގައިވެސް ވަނީ ބުނެފައެވެ.

އިންޑިއާގެ އިންފޮމޭޝަން ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި، މަންކީ ޕޮކްސްއަށް ޕޮޒިޓިވްވެފައި ވަނީ ޒުވާން ފިރިހެނެކެވެ. އޭނާއަކީ އެބަލި ފެތުރެމުން އަންނަ ޤައުމަކުން ދަތުރުކޮށްފައި އައިސް އަލާމަތްތައް ފެނިގެން އެކަހެރިކޮށްފައިވާ މީހެކެވެ. ޖުލައި މަހުން ފެށިގެން މިހާތަނަށް މިބައްޔަށް ޝައްކު ކުރެވުނު 30 މީހަކު އިންޑިއާގައި އެކަހެރި ކުރެވުނު ނަމަވެސް، މިއީ ބައްޔަށް ޝައްކު ކުރެވުނު މީހަކު އެބައްޔަށް އިންޑިއާއިން ޕޮޒިޓިވްވި ފުރަތަަމަ ފަހަރެވެ.

އިންޑިއާއިން މަންކީ ޕޮކްސްއަށް ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމުގައި އިންޑިއާއިން ހާމަކޮށްފައިވެއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ފެނިފައިވާ މިބަލީގެ އައި ވޭރިއަންޓް ދުނިޔޭގެ އެހެން ޤައުމުތަކަށް މިހާރު އަންނަނީ ފެތުރެމުންނެވެ. އެއާއެކު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މިހާރު ވަނީ، އެބައްޔާއި ގުޅިގެން މުޅި ދުނިޔެއަށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.