Advertisement

24 Aug 2024
ދުނިޔެ

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޑައިމަންޑު ބޮސްވާނާ އިން ފެނިއްޖެ

ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޑައިމަންޑު އެފްރިކާގެ ގައުމެއް ކަމުގައިވާ ބޮސްވާނާ އިން ފެނިއްޖެއެވެ. އޭގެ ބަރުދަނުގައި 2،492 ކެރެޓު ހުންނަ ކަމަށް، މި ޑައިމަންޑު ހޯދި ކެނަޑާގެ މައިނިން ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެކްސްރޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޯދި މި ޑައިމަންޑު ފެނިފައިވަނީ ބޮސްވާނާގެ އިރުއުތުރުގައި އޮންނަ ކަރޯވޭ ޑައިމަންޑު މައިނުންނެވެ.

މި ޑައިމަންޑުގެ އަގެއް ނުވަތަ އޭގެ ކޮލިޓީއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާއި ގުޅޭ މައުލޫމާތު އެނގޭ ތަޖުރިބާކާރުން ބުނާގޮތުން މި ޑައިމަންޑްގެ އަގު 40 މިލިއަން ޑޮލަރަށް އަރާނެއެވެ.

މިހާތަނަށް ފެނުނު އެންމެ ބޮޑު ޑައިމެންޑު ފެނިފައިވަނީ 1905 ވަނަ އަހަރު ސައުތު އެފްރިކާ އިންނެވެ. އޭގެ ބަރުދަނުގައި 3،016 ކެރެޓު ހުއްޓެވެ.

ނިމިދޔަ ހަފްތާ ބޮސްވާނާއިން ފެނުނު ޑައިމަންޑަކީ މިހާތަނަށް އެގައުމުން ފެނުނު އެންމެ ޑައިމަންޑެވެ. މީގެކުރިން އެ ޤައުމުން ފެނުނު އެންމެ ބޮޑު ޑައިމަންޑު ފެނިފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ބަރުދަނުގައި 1758 ކެރެޓް ހުއްޓެވެ. އެ ޑައިމަންޑްވެސް ނަގާފައިވަނީ މިފަހަރުވެސް ޑައިމަންޑް ފެނުނު ކަރޯވޭ މައިނުންނެވެ.

ބޮޓްސްވާނާއަކީ ދުނިޔޭގައި އެންމެ ގިނައިން ޑައިމަންޑް ނަގާ އެއް ޤައުމަށްވާއިރު، ދުނިޔޭގައި ނަގާ ޑައިމަންޑްތަކުގެ 20 އިންސައްތަ އަންނަނީ އެ ޤައުމުންނެވެ. ނަމަވެސް ޑައިމަންޑްތައް ނަގާ މައިންތަކުގެ ހިއްސާ އޮންނަނީ ބޭރު ކުންފުނިތަކުގައިކަމުން، އެ ޤައުމުން އަންނަނީ އެކަމާއި ގުޅޭ ޤާނޫނުތައް ބަދަލުކުރަމުންނެވެ. އެގޮތުން ޑައިމަންޑް ނަގާ ކުންފުނިތަކުގެ 24 އިންސައްތަ ހިއްސާ އެ ޤައުމުގެ ސަރުކާރަށް ނުވަތަ އެ ޤައުމުގެ ކުންފުނިތަކަށް ދޭންޖެހޭ ގޮތަށް ޤާނޫނުތަކަަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.