Advertisement

17 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ގައްޒާގެ 10 މަހުގެ ކުއްޖެއްގެ ގައިން ޕޯލިއޯ ފެނިއްޖެ

އިޒްރޭލާއި ހަމާސްގެ ހަނގުރާމައާ ގުޅިގެން ކުޑަކުދިންނަށް ވެކްސިންޖެހޭނެ ހާލަތެއް ނެތިގެން އެކަން ހުއްޓާލާފައި ވަނިކޮށް، ގައްޒާގެ 10 މަހުގެ ކުއްޖެއްގެ ގައިން ޕޯލިއޯ ފެނިއްޖެއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މި ކޭސް ފެނިފައިވަނީ ޑެއާ އަލް-ބަލާހް ސިޓީއިންނެވެ.

ޕޯލިއޯ އާންމު ގޮތެއްގައި ޖެހެނީ 5 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި މި ބަލި ފެތުރެނީ ތަގައްޔަރުވެފައިވާ ފެނުންނެވެ. މި ބަލި ކޮންޓްރޯލް ނުކުރެވޭ ހަމައެކަނި ދެ ގައުމަކީ ޕާކިސްތާނާއި އަފްގާނިސްތާނެވެ. މި ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އެގޮތުން ބަލި ޖެހިއްޖެނަމަ، މަރުވުމާއި ޕެރަލައިޒްވުމަކީ އާންމުގޮތެއްގައި ދިމާވާ ކަންތައްތަކެވެ.

ފަލަސްތީނުގެ 640،000 ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް، 7 ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް އ.ދ. ގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެޖެންސީއިން ވަނީ ގޮވާލާފައެވެ.

އ.ދ. އިން އިތުރަށް ބުނެފައިވަނީ، ފާއިތުވި 25 އަހަރުގައި ޕޯލިއޯ އެއްކޮށް ނައްތާލެވިފައި އޮތް ގާޒާ އިން މިދިޔަ މަހު ވަނީ ޕޯލިއޯ ވައިރަސް ފެނިފައި ކަމަށެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މަސް ނިމޭ ހިސާބަށް، 1.6 މިލިއަން ޑޯޒްގެ ވެކްސިން ގާޒާއަށް ފޮނުވޭވަރަށް ތައްޔާރު ކުރެވޭނެއެވެ. ވެކްސިން ކެމްޕެއިން ދެ ބުރަށް ކުރިޔަށް ގެންދަން ޖެހޭއިރު، 10 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް މި ވެކްސިން ދިނުމަށް ޑަބްލިޔުއެޗްއޯއިން ވަނީ ނިންމާފައެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނީ ވެކްސިންގެ ކޮންމެ ބުރެއްގައި %95 ޕަސެންޓު ކުދިންނަށް ވެކްސިން ދެވިގެންކަމަށް، އ.ދ. އިން ހާމަކޮށްފައިވެއެވެ.

ނަމަވެސް ގާޒާގެ ހެލްތު މިނިސްޓްރީ އާއި ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައިވަނީ، ހަނގުރާމަ މެދުކަނޑާލުމުން ނޫނީ ވެކްސިން ކެމްޕެއިން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.