Advertisement

ގެދޮރު ގެއްލިފައިތިބި ފަލަސްތީނުގެ ރައްޔިތުން، ފޮޓޯ: ރޮއިޓާސް

27 Oct 2023
ދުނިޔެ

އިންސާނީ އެހީގެ އެންމެ ކުޑަ މިންވަރު ވެސް ޣައްޒާއަށް ފޯރުކޮށްދެވެމުން ނުދޭ: ދުވަސް 20

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 20 ވަނަ ދުވަސް، 26 އޮކްޓޯބަރ 2023ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ ބޯޑަރ ހުރަސްކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު އެ ރަށަށް ވަދެފައިވާއިރު، އެމީހުންގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާގޮތުގައި ކުދި ރެއިޑް އޮޕަރޭޝަންތައް ޣައްޒާގައި ކުރިޔަށް ގެންދާނެ. ބެލެވޭ ގޮތުގައި މިއީ ޣައްޒާ އެއްކޮށް ހިފުމަށް ރާވާފައިވާ ބޮޑު މާސްޓާރ ޕްލޭންގެ ފެށުން.  

🔴 އިސްރާއީލުން މިހާރު ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ބުނާ 7،028 ފަލަސްތީނު މީހުންގެ ނަމާއި އައިޑެންޓިފިކޭޝަން ނަންބަރު، ޣައްޒާގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފި. މި ލިސްޓު ހާމަކުރީ ފަލަސްތީނުން މަރުވެފައިވާ މީހުންގެ އަދަދާ ގުޅިގެން އެމެރިކާއިން ސުވާލު އުފައްދާތީކަމަށް ބެލެވޭ.

🔴 ހަތް ގަޑިއިރުގެ ބަހުސަކަށްފަހު ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ވަނީ ޖޮއިންޓް ބަޔާނެއް ނެރެފަ. އެ ބަޔާނުގައި ޔޫރަޕިއަން ޔޫނިއަން އިން ބުނެފައިވަނީ ހަނގުރާމަ ވަގުތު ކޮޅަކަށް މެދުކަނޑާލުމަށްފަހު ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، އެމީހުނަށް ބޭނުންޖެހިފައިވާ ކާނާއާއި ފެނާއި އެހެނިހެން ތަކެތި އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށް.  

🔴 އ.ދ.ގެ އެހީއާ ބެހޭ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވެފައި ވަނީ، އިންސާނީ އެހީތެރިކަމުގެ އެންމެ ކުޑަމިނުން ބޭނުންވާ މިންވަރަށް ވެސް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދެވެމުން ނުދާކަމާއި، އެކަމުގަ މުޅި ދުނިޔެ ނުކުޅެދިއްޖެކަމަށް.

🔴 އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގިނަ ބަޔަކު ހައްޔަރުކުރަމުން ދާއިރު، ހިފާފައިވާ އިރުމަތީ ގުދުސްއިން ވަނީ ފަލަސްތީނުގެ 60 އަށް ވުރެ ގިނަ މީހުން ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައި.

🔴 އެމެރިކާއިން ބުނާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގެ އިތުރު 900 ޓްރޫޕް މެދުއިރުމައްޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. މިއީ އެމެރިކާގެ މީހުންނަށް އަމާޒުކޮށް އިރާގުން 12 ހަމަލާ، އަދި ސީރިއާއިން 4 ހަމަލާއެއް ދީފައިވާތީކަމަށް ޕެންޓެގަންއިން ކަށަވަރުކޮށްދޭ.  

🔴 އިސްރާއީލާއި ލުބުނާނާއި ދެމެދު ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކުރަމުންދާއިރު، ސީރިއާއަށް ވެސް އިސްރާއީލުން ހަމަލާތަކެއްދީފައިވާކަމަށް ރިޕޯޓްތައް ބުނޭ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.