Advertisement

އަލް-ޝިފާ ހޮސްޕިޓަލް ---

27 Oct 2023
ދުނިޔެ

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް އިޒްރާއީލުން ބޮންއަޅާނެ ކަމުގެ އިޝާރާތެއް

ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލަށް ބޮން އެޅުމަށްޓަކައި ސަހްޔޫނީ ދައުލަތް އިޒްރާއީލުން ދައްކަމުން އަންނަ ވާހަކަތައް މިއަދު ތަކުރާރުކޮށްފިއެވެ.

ގާޒާއަށް ހަމަލާދޭން ފެށިއިރުވެސް އެ ހޮސްޕިޓަލަކީ އިޒްރޭލުން ހަލާކުކޮށްލަން ބޭނުންވާ މުހިއްމު ތަނެކެވެ. އަދި އެހޮސްޕިޓަލަށް ހަމަލާދިނުމަށްޓަކައި ހޮސްޕިޓަަލް ހުސްކުރުމަށްވެސް ތަކުރާރުކޮށް އިޒްރޭލުން އެންގިއެވެ. ގެދޮރުނެތި ހިމާޔަތް ހޯދަމުންދާ އެތައްހާސް އާއްމުންނާއި އަދި އިޒްރާއީލުގެ ވައިގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންނާއިއެކު އެހޮސްޕިޓަލް އޮތީ ފުރިފައެެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލްޝިފާ ހޮސްޕިޓަލަށް ހަމަލާދިނުމުގެ ބަހަނާއަކަށް މިއަދު އިޒްރޭލުން ވަނީ، އަލް ޝިފާ ހޮސްޕިޓަލްގެ ބޭސްމެންޓާއި އެހޮސްޕިޓަލުގެ އަޑީގައި ހަމާސްގެ ބިންގަރާސްތަކާއި ޓަނަލްތައް ހުރިކަމަަށް ބުނެ އެނިމޭޓެޑް ވީޑިއޯއެއް އާއްމުކޮށްފައެވެ. އަދި ހަމާސްގެ ލީޑަރުން ފިލާ ތިބީ އެތަނުގައި ކަމަށާއި، ހަމާސްގެ ހެޑްކުއާޓަރސްތަކަށް ދަތުރުކުރާ ޓަނަލްތައްވެސް ހުރީ އެހޮސްޕިޓަލުގެ ގޯތިތެރޭގައި ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

އިޒްރޭލުގެ މި ވާހަކަތަކަކީ، ދާދިއަވަހަށް އިޒްރާއީލުން ދާދިއަވަހަށް އަލް ޝިފާ ހޮސްޕިޓަލަށް ބޮންއަޅައި ހަލާކުކޮށްލައިފާނެ ކަމުގެ އިޝާރާތެއްކަމަށް ހަނގުރާމައިގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ހަމާސް އާއި ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ދެމުން އަންނަ ވައިގެ ހަމަލާތަކުގައި ޣައްޒާއިން 7000 ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 17000 ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އަދި އިޒްރޭލުން އަންނަނީ ހަނގުރާމައިގެ ކުށްތަކާއި ޤަތުލުއާއްމުތައް ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.