ހަނދު --
ސަޢޫދީއަރަބިއްޔާއަށް ހަނދު ފެނި މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިޢުލާނުކޮށްފި
ސަޢޫދީއަރަބިއްޔާއަށް ހަނދު ފެނި މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި އިޢުލާނުކޮށްފިއެވެ.
ސައޫދީ ގެޒެޓާއި ގަލްފް ނިއުސްއިންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި، 11 މާރިޗު 2024 ވާ ހޯމަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ސަޢޫދީ ސަރުކާރުން މިރޭ ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައެޅީ، ސަޢޫދީ އަރަބިއްޔާއަށް މިއަދު އިރު އޮއްސުނު ވަގުތު ހަނދު ފެނުމާއި ގުޅިގެންނެވެ.
އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ދައްކާފައިވާ ގޮތުގައި މިއަދު އިރު އޮއްސުނު އިރު ހަނދު ފެންމަތީގައި ހުންނާނެއެވެ. އެހެންވެ އިސްލާމީ ދުނިޔެއިން ތައްޔާރު ކުރާ ކަލަންޑަރު ތަކުގައިވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މާރިޗު މަހުގެ 11 ވަނަ ދުވަހުގައެވެ.