Advertisement

އީރާނުގެ ހަމަލާތައް ފެށުން ---

14 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތައް ގައްޒާ ދޫކޮށް ހިނގައްޖެ. ފަލަސްޠީނުގެ އެތައް ހާސް ބަޔަކު މަސްޖިދުލް އަޤުޞާއަށް ޖަމާވެއްޖެ

އީރާނުގެ ހަމަލާތައް އިޒްރޭލަށް އަމާޒުވެ ލުބުނާނާއި އިރާޤާއި ޔަމަނާއި ސީރިއާގެ ތެރެއިން އިޒްރޭލަށް ހަމަލާތައް ދޭންފެށުމާއި އެކު، ގާޒާމަތީގައި އުދުހެމުން ދިޔަ އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ހިނގައްޖެ ކަމަށާ، މަސްޖިދުލްއަޤުޞާ އާއި އަލްޙަރަމް ޝަރީފަށް ފަލަޞްތީނުގެ އެތައް ބަޔަކު ޖަމާވެއްޖެ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ގާޒާގެ ހަބަރުތައް ގެނެސްދޭ، ގާޒާގެ ނޫސްވެރިއަކު ބުނެފައިވާ ގޮތުގައި ގާޒާގެ މަތިން މިވަގުތު އިޒްރޭލުގެ އެއްވެސް ބޯޓެއް ދަތުރެއް ނުކުރެއެވެ. މިއީ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން ގާޒާއަށް ދޭ ހަމަލާތައް އިޒްރާއީލަށް ހުއްޓާލަން ޖެހުނު ފުރަތަމަ ރޭ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ. އިޒްރޭލަށް އީރާނުންދޭ ހަމަލާތައް ފެށުމާއި އެކު ގާޒާއަށް ދެމުން އައި ހަމަލާތަކަށް މެދުކެނޑުމެއް އައުމުން ގާޒާގެ ރައްޔިތުން މަގުތަކުގައި އުފާފާޅުކުރަން ފަށައިފި ކަމުގައިވެސް ގާޒާގެ ބައެއް ނޫސްވެރިން އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ލިޔެފައި ވެއެވެ.

އީރާނުން ވަނީ، މިހާތަނަށް ތިންބުރެއްގެ މަތިން ހަމަލާތައް ފޮނުވާލާފައެވެ.

ފުރަތަމަ ހަމަލާތައް ފިދާއީ ޑްރޯންތަކުން ފޮނުވާލާފައި ވާއިރު، ދެވަނަ ހަމަލާތައްވެސް ޑްރޯންތަކުން ފޮނުވާލާފައި ވަނީ، އިރާޤާއި ސީރިއާ އާއި ލުބުނާނުގެ ތެރެއިންނެވެ. އޭގެ ބޭނުމަކީ އިޒްރޭލުގެ އެއާ ޑިފެންސް ސިސްޓަމަށް އޮބި ނޯންނަވަރުކުރުމެވެ.

ތިންވަނަ ހަމަލާތައް ބެލެސްޓިކް މިސައިލުން ދޭން ފަށާފައި ވާއިރު، ސުޕަސޮނިކް ބެލެސްޓިކް މިސައިލްތައް ވެސް ވަނީ އިޒްރޭލުގެ ތެރެއަށް ފޮނުވާލާފައެވެ.

ޓައިމްސް އޮފް ގާޒާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ވައިގެ އަސްކަރިއްޔާއިން ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލުމަށް މަސައްކަތް ކުރަމުންދާއިރު ބައެއް ފިދާއީ ޑްރޯންތައް މިހާރު ވަނީ ތެލްއަވީވަށް ފޯރާފައެވެ.

އިރާނުން އިޒްރޭލަށް ހަމަލާދޭން މިފެށީ، އިޒްރޭލުން ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް ހަމަލާދީ އީރާނުގެ އަސްކަރިއްޔާގެ އިސްބޭފުޅުންތަކެއް ޝަހީދުކޮށްލުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.