Advertisement

ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާގެ ތިން ފިރިހެންދަރިން ---

11 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ދަރީން ޝަހީދުކޮށްލައިފި

ހައްދު ފަހަނަ އެޅި އިޒްރޭލާއި ދެކޮޅަށް ޖިހާދުކުރަމުންދާ، މުޖާހިދުންގެ ޖަމާޢަތް ހަމާސްގެ މިލިޓަރީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ ތިން ފިރިހެންދަރީންނާއި، ކާފަދަރިންނާއި އާއިލާގެ ގިނަ ބަޔަކު އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުން ހަނިއްޔާގެ އާއިލާގެ ގިނަ މެމްބަރުންތަކެއް ޝަހީދުކޮށްލާފައި ވަނީ ޢީދު ދުވަހު ޣައްޒާއަށް ދިން ހަމަލާތަކުގައެވެ.

އިޒްރޭލުން ހަނިއްޔާގެ ތިން ދަރީންނާއި ކާފަ ދަރީން އަދި އާއިލާގެ އެހެން މެމްބަރުން ޝަހީދުކޮށްލި ޚަބަރު އޭނާއަށް ލިބިވަޑައިގެންނެވީ، ގައްޒާ ހަނގުރާމައިގައި އެކިވަރުގެ ޒަޚަމްތައް ލިބުމުގެ ސަބަބުން އިތުރު ފަރުވާއަށް ދޯހާއަށް ގެނެވުނު މީހުންނާއި ބައްދަލުކޮށްލުމަށް، ދޯހާ ހޮސްޕިޓަލަށް ވަޑައިގެން ހުންނަވަނިކޮށެވެ.

ހަނިއްޔާގެ ތިން ފރިހެންދަރީންނާއި، އާއިލާގެ މީހުން މަރާލެވިއްޖެކަމުގައި، އިޒްރޭލުގެ އަސްކަރިއްޔާއިންވެސް ބުނެފައި ވާއިރު، މީގެ ކުރިން އިޒްރޭލުން ވަނީ، ހަނިއްޔާ އާއި ހަމާސްގެ ލީޑަރުންގެ އާއިލާތައް ދިރިއުޅެނީ މަތީފެންވަރުގެ ލަގްޒަރީ ދިރިއުޅުމެއްގައި ޤައުމުން ބޭރުގައި ކަމަށް ބުނެ ޕްރޮޕެގެންޑާތައް ފަތުރާފައެވެ.

ޣައްޒާ އަށް ހަމަލާދީ މިހާތަނަށް 40،000 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، ހަމަލާއެއް ދީފާނެ ކަމުގެ ބިރަށް، އިޒްރޭލުގެ ބޮޑުވަޒީރު އޭނާގެ ފިރިހެންދަރިފުޅު ބަހައްޓާފައި ހުރީ، އެމެރިކާގެ މިއާމީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.