Advertisement

ސިޑްނީގައި ވެސްޓްފީލްޑްބޮންޑީގައި ވަޅިން މީހުންނަށް ހަމަލާދެމުން ދިޔަކަމަށް ބެލެވުނު މީހާ ފުލުހުންގެ ހަމަލާގައި މަރުވެފައި --

13 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

ސިޑްނީގައި މީހަކު ވަޅިން ހަމަލާދީ އާއްމުންގެ 6 މީހަކު މަރާލައިފި

އޮސްޓްރޭލިއާގެ ސިޑްނީގައި މީހަކު ވަޅިން ހަމަލާދީ އާއްމުންގެ 6 މީހަކު މަރާލައިފިއެވެ.

ހަމަލާދިން މީހާ ހުއްޓުވުމަށް ކުރި މަސައްކަތުގައި ސިޑްނީގެ ފުލުހުން ވަނީ، އެމީހާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ވަޅީގެ މިހަމަލާގައި 6 މީހުން މަރުވުމުގެ އިތުރުން، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މިހަމަލާދީފައި ވަނީ ސިޑްނީގެ މަގުމަތީގައި، ވެސްޓްފީލްޑް ބޮންޑީ ޖަންކްޝަން ސަރަހައްދުގައެވެ. އެސަރަހައްދުގައި އިޒްރޭލަށް ނިސްބަތްވާ ރެސްޓޯރެންޓެއް ހުންނައިރު އެއީ ޔަހޫދީންވެސް ގިނަ އަދަދަކަށް ދިރިއުޅެމުންދާ ސަރަހައްދެކެވެ.

މީހަކު ވަޅިން ދިން މިހަމަލާގައި 6 މީހަކު މަރާލުމުގެ އިތުރުން 8 މީހަކަށާއި، 9 މަހުގެ ކުޑަ ކުއްޖަކަށްވެސް ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އެތުއްތު ކުއްޖާގެ މަންމަވެސް ހިމެނެއެވެ.

ހަމަލާދިން މީހާއަކީ އެކަނި އުޅުނު މީހެއް ކަމަށާއި، އޭނާއެކު އެ ހަމަލާދިނުމުގައި އެހެން ބަޔަކު ބައިވެރިވެފައިވާ ކަން މިހާތަނަށް ފާހަގަވެފައި ނެތްކަމަށާއި، އަދި ހަމަލާދިން މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމުގައި، ނިއު ސައުތު ވޭލްސްގެ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރު އެންތަނީ ކުކް ވަނީ ވިދާޅުވެފައެވެ. 

ސިޑްނީގައި ދިން މިހަމަލާ އާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.