Advertisement

ރަޝިޔާއިން އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ޓެސްޓް ކުރުން --

13 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އެމެރިކާއަށް 15 މިނިޓްގެ ތެރޭގައި ހަމަލާދެވޭނެ މިސައިލެއް ރަޝިޔާއިން ޓެސްޓްކޮށްފި

އެމެރިކާ އާއި ރަޝިޔާގެ މެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ، ރަޝިޔާއިން އުދުއްސާލާތާ 15 މިނިޓްގެ ތެރޭގައި އެމެރިކާއަށް ފޯރާނެ، އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް ރަޝިޔާއިން ޓެސްޓްކޮށްފިއެވެ. 

ރަޝިޔާގެ ދިފާއީވުޒާރާއިން ބުނެފައި ވަނީ އެޤައުމުގެ ދެކުނުގެ އަސްޓްރާޚާން ސަރަޙައްދުގެ ކަޕޫސްޓިންޔާރް ރޮކެޓް ލޯންޗް ކޮމްޕްލެކްސްގައި އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ހުކުރު ދުވަހު ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށެވެ.

ރަޝިޔާ އާއި އެމެރިކާގެ އަސްކަރީ ވާދަ ވެރިކަމުގައި ދެޤައުމުންވެސް ދަނީ، ޒަމާނީ ހަތިޔާރު އުފެއްދުމުގެ ވާދައިގައި މަސައްކަތް ކުރަމުންނެވެ. އަދި ހުކުރު ދުވަހު ރަަޝިޔާއިން ޓެސްޓްކުރި އިންޓަރކޮންޓިނެންޓަލް ބެލަސްޓިކް މިސައިލަކީ، 27000 ކިލޯމީޓަރު ދުރުގައިވާ އަމާޒުތަކަށްވެސް ކާމިޔާބު ކަމާއި އެކު ހަމަލާ ދެވޭނެ މިސައިލެއްކަމުގައި ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ.

ރަޝިޔާއަށް ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސާމަނު ވިއްކަމުން ދަނީ ޗައިނާއިން ކަމަށް ބުނެ، އެވިޔަފާރީގެ މުއާމާލާތްތަކާއި ދެކޮޅަށް އެމެރިކާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.