Advertisement

އިޒްރާއީލުން ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ވެހިކަލް --

05 Apr 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރޭލުން ދިން ހަމަލާގެ މިނިވަން ތަޙްޤީގެއް ހިންގުމަށް ޑަބުލިޔުސީކޭ އިން ގޮވާލައިފި

ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރި ވަމުންއައި ބައިނަލް އަޤުވާމީ ޖަމާއަތް، ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް ވޮލަންޓިއަަރަކު އިޒްރޭލު ސިފައިން މަރާލި މައްސަލައިގައި މިނިވަން ތަހްޤީޤެއް ހިންގުމަށް އެޖަމާޢަތުން ގޮވާލައިފިއެވެ.

އިޒްރޭލުގެ ސިފައިން ހޯމަ ދުވަހު ގާޒާގެ ތިން ސަރަހައްދެއްގައި ދަތުރުކުރަމުން ދިޔަ، ޑަބްލިޔު.ސީ.ކޭގެ ތިން ވެހިކަލަކަށް ޑްރޯން ހަމަލާތަކެއްދީ، އެޖަމިއްޔާގެ 7 ވޮލަންޓިއަރުން މަރާލިއެވެ. އޭގެ ފަހުގައި އިޒްރޭލުން ބުނެފައި ވަނީ އެއީ އެކްސިޑެންޓަކުން ވީކަމެއް ކަމަށެވެ. އަދި އެކަމަށް މަޢާފަށް އެދޭ ކަމަށްވެސް އިޒްރޭލުން ވަނީ ބުނެފައެވެ.

އެ ހަމަލާ އާއި ގުޅިގެން މިނިވަން ތަޙްޤީޤެއް ހިންގުމަށް ގޮވާލައި، ޑަބްލިޔު.ސީ.ކޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެއީ ޑަބްލިޔު.ސީ.ކޭގެ ތިން ވެހިކަލަކަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާއެއް ކަމަށާއި، އެ ތިން ވެހިކަލަކީ ވެސް އާންމުން ގޮވައިގެން ދަތުރުކުރި އުޅަނދުތަކެއް ކަމަށެވެ. އަދި އެއީ ޑަބްލިއު.ސީ.ކޭ ވެހިކަލްތަކުގެ ގޮތުގައި ފާހަގަވާގޮތަށް ބޭނުން ކުރަމުން އައި އުޅަނދުތަކެއް ކަމަށާއި، އެޖަމާއަތުން މަސައްކަތްތައް ކުރަމުން ދިޔައީ، އިޒްރޭލުގެ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުުލުން ދީގެން ކަމުގައިވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ.

އެޖަމިއްޔާގެ ބަޔާނުގައި ވަނީ،އެ ހަމަލާތައް ދީފައި ވަނީ ގަސްދުގައިތޯ ބެލުމަށް، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހަމަލާތަކުގެ މިނިވަން، ތަހުގީގެއް ހިންގުމަށް ބާރުއެޅުމަށް، މަރުވި ވޮލަންޓިއަރުން ނިސްބަތްވާ އޮސްޓްރޭލިއާ، ކެނެޑާ، އެމެރިކާ، ޕޮލެންޑް އަދި އިނގިރޭސިވިލާތުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.