Advertisement

ޙިޒްބުﷲ ގެ ލީޑަރު ޙަސަން ނަޞްރުއްﷲ ---

27 Sep 2024
ދުނިޔެ
ޢަލީ ސުލައިމާން

ހިޒްބުﷲގެ ލީޑަރު ހަސަން ނަޞްރުﷲ އަވަހާރަކޮށްލައިފިކަމަށް އިޒްްރާއީލުން ބުނެފި

ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ އަވަހާރަކޮށްލުމަށްޓައި އިޒްރާއީލުން ބެއިރޫތަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. 

ބެއިރޫތުގައި އާއްމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، ހިޒްބުﷲގެ ލީޑަރު ޙަސަން ނަސްރުﷲ މަރުވެފައިވާ ކަމަށް އިޒްރާއީލުގެ ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ހިޒްބުﷲގެ ފަރާތުން އެކަމާއި ގުޅޭ ބަޔާނެއް ނުނެރޭތީ ޙަސަން ނަސްރުﷲ އަވަހާރަވިކަން ކަށަވަރެއް ނޫނެވެ.

އިޒްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، ބެއިރޫތުގެ ދެކުނުގައިވާ ދަހިޔާގައި ހުންނަ ހިޒްބުﷲގެ ކޮމާންޑް ސެންޓަރަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އަލްޖަޒީރާ އާއި ބެއިރޫތުގެ ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއީލުގެ ހަމަލާތައް އަރާފައި ވަނީ، ބެއިރޫތުގައި އާއްމުން ދިރިއުޅޭ އިމާރާތަކަށެވެ.

ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ، ލުބުނާނަށް ބޮންއަޅައި 700އަށް ވުރެ ގިނަ މީހުން މަރާލާފައެވެ. އޭގެ ކުރިން ހިޒްބުﷲގެ މުވާޞަލާތީ ވިޔުގަ ހަލާކުކޮށްލުމަށް އިޒްރޭލުން ވަނީ، ޕޭޖަރުތަކުގައި ގޮވާތަކެތި ހަރުކޮށް ގޮއްވާލައި، ހިޒުބުﷲގެ ގިނަ އަދަދެއްގެ މެމްބަރުން ޒަޚަމްކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.