Advertisement

ހެއިޓީގެ ބޮޑު ވަޒީރު، އެރިއަލް ހެންރީ ----

27 Sep 2024
ދުނިޔެ

ހެއިޓީގެ ބޮޑު ވަޒީރު ފެންތަށި ބަހައްޓަވާފައި ފެންފޮދު ހިއްޕެވީ ޖަގުން!

އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ގެންދެވުމުގެ ތެރޭގައި ހެއިޓީގެ ބޮޑު ވަޒީރު، އެރިއަލް ހެންރީ ޖަގުގައި ތުންޖައްސަވައިގެން ފެންފޮދު ހިއްޕަވައިފިއެވެ.

ހެއިޓީގެ ބޮޑު ވަޒީރު، އެރިއަލް ހެންރީ ޕޯޑިއަމްގައި ހުންނަވައި، ވާހަކަފުޅު ދައްކަވަމުން ގޮސް ކުއްލިއަކަށް، ފެންޖަގު ނަންގަވައި އޭގައި ތުންޖެއްސެވުމުން އާއްމު މަޖިލީހުގެ ތަޅުމުގައި ތިއްބެވި ފަރާތްތަކަށްވެސް ހައިރާންކަން ލިބުނެވެ. އަދި ބައެއް މަންދޫބުން ހިނިފުޅުވެސްވެޑުވިއެވެ.

އެއީ އަދަބު ކުޑަ އަމަލަކަށްވާއިރު، ހެއިޓީގެ ބޮޑު ވަޒީރުވެސް ވަނީ އަމިއްލަފުޅަށްވެސް އެކަން ކުރެވުނު ގޮތާއި މެދު ހައިރާންވެވަޑައިގެންނެވި ކަމަށާއި، އެއީ އިޚްތިޔާރެއް ނެތި ވީ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހަކީ ސީރިއަސް ސިޔާސީ މައްސަލަތަކުގެ ވާހަކަ ދެކެވޭ ތަނެއް ނަމަވެސް، އާއްމު މަޖިލީހުގެ ޕޯޑިއަމްގައި ހެއިޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީގެ ތަގުރީރުގެ ތެރެއިން ދިމާވި މިކަމާއި ގުޅިގެން އިތުރު ސަމާލު ކަމެއް ލިބުނެވެ. ހެއިޓީއަކީ، ސަރުކާރުގެ ކޮންޓްރޯލް ގެއްލި ގޭންގުތައް އެންމެ ބޮޑަށް ހަރަކާތްތެރިވާ ޤައުމެވެ.

ކޮމެންޓް
ބަޗީ
އަސްލު އެ ދިން މެސެޖަކީ އެ މަޖިލީހަކީ ފެއިލްވެފައިވާ ޖަމާޢަތެއް ކަން.
27 Sep 2024
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.