Advertisement

ޔަމަނުގެ ހުދައިދާ ބަދަރަށް އިޒްރޭލުން ހަމަލާދީފައި --

29 Sep 2024
ދުނިޔެ
ޢަލީ ސުލައިމާން

އިޒްރާއީލުން ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދީފި

ޔަހޫދީ ހައްދު ފަހަނައެޅި ދައުލަތް އިޒްރާއީލުން ޔަމަނުގެ ބަނދަރުރަށް އަލް ޚުދައިދާއަށް ހަމަލާދީފިއެވެ.

ޔަމަނުގެ ހުދައިދާ ބަނދަރަކީ، ސަޢޫދީއަރަބިއްޔާ އާއި އެޤައުމާއި ގުޅިފައިވާ އަސްކަރީ ބާރުތަކުން، 2015 ވަނަ އަހަރުން ފެށިގެން ހަމަލާދީ ހަލާކުކޮށްލާފައިވާ ބަދަރެކެވެ. ރެޑްސީގެ އަނގަމަތީގައިވާ ހުދައިދާ ބަނދަރަކީ، ޔަމަނުގެ އިޤުތިޞާދުގެ މައި ބަދައެވެ.

ޔަހޫދީ ހައްދު ފަހަނައެޅި ދައުލަތުންވެސް ޔަމަނުގައި ވެރިކަން ކުރަމުންދާ ހޫތީންނާއި ދެކޮޅަށް ހަމަލާތައް ދެމުން އަންނަނީ ހުދައިދާއަށެވެ. އިޒްރާއީލުން ދިން ހަމަލާތަކަކީ، ޔަމަނުން އިޒްރާއީލަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމުގެ ނަމުގައި ދިން ހަމަލާއެކެވެ. މިހަފްތާގައި އިޒްރާއީލުން ވަނީ ލުބުނާނަށްވެސް ކާޕެޓްބޮމުން ހަމަލާދީ، ހިޒްބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲ އަވަހާރަކޮށްލާފައެވެ.

އޭގެ އިތުރުން އެއްގަމު މަގުން ދެކުނު ލުބުނާނަށް އެރުމަށް އިޒްރާއީލުން ތައްޔާރުވަމުން އަންނަ ކަމުގައި، ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.