Advertisement

ވެއްޓުނު ބޯޓުގެ ބައިތައް މަގުމަތީގައި --

01 Feb 2025
ޚަބަރު

އެމެރިކާގައި އެއާ އެމްބިއުލާންސް މަތިންދާ ބޯޓެއް ވެއްޓި ބޯޓުގައި ތިބި އެންމެން މަރުވެއްޖެ

އެމެރިކާގެ ފިލަޑެލްފިއާގައި އެއާއެމްބިއުލާންސް މަތިންދާ ބޯޓެއް ވެއްޓި ބަލިމީހާ އާއެކު އޭގައި ތިބި އެންމެން މަރުވެއްޖެއެވެ.

ރޭ ހިނގި މިހާދިސާގައި ވެއްޓުނީ، ލިއާޖެޓް 55 މަރުކާގެ މަތިންދާ ބޯޓެކެވެ. ބޯޓު ވެއްޓުނީ، ފިލަޑެލްފިއާ އެއާޕޯޓުން ފުރިތާ އެންމެ 30 ސިކުންތުގެ ތެރޭގައެެވެ. މީހުން ދިރިއުޅޭ ސަރަހައްދަށް ބޯޓު ވެއްޓުނު ހާދިސާގައި ބޮޑު ގޮވުމެއް ގޮވި އިރު ގެއެއްގައިވެސް އަލިފާން ރޯވެފައިވާ ކަމަށް، ރިޕޯޓްކޮށްފައިވެއެވެ.

ވެއްޓުނު މަތިންދާ ބޯޓުގައި އޮތް ޒުވާން ބަލިމީހާ އާއި އޭނާގެ އެހީތެރިނާއި ކުރޫއިންނާއި އެކު ބޯޓުގައި ޖުމުލަ 5 މީހުން ތިއްބެއެވެ. މިހާދިސާގައި އެ އެންމެންވެސް ވަނީ މަރުވެފައެވެ.

އެމެރިކާގައި އެއާ އެމްބިއުލާންސް މަތިންދާ ބޯޓެއް ރޭ ވެއްޓުނުއިރު، އިއްޔެ ރޭ ވޮޝިންގޓަންގެ ރޭގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި މަތިންދާބޯޓަކާއި އެމެރިކާ ސިފައިންގެ އަސްކަރީ ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި މުޑިއަރައި އެ ދެއުޅަނދުގައި ތިބި އެންމެން ވަނީ މަރުވެފައެވެ. އެހާދިސާގައި ޖުމުލަ 67 މީހުން މަރުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.