Advertisement

ސިންގަޕޫރު

20 Feb 2025
ޚަބަރު

މިނިވަން ދުވަހުގެ ހަދިޔާގެ ގޮތުގައި ސިންގަޕޫރުގެ ކޮންމެ ރައްޔިތަކަށް މަދުވެގެން 600 ޑޮލަރު ދެނީ

ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ އެއް ޤައުމުކަމުގައިވާ ސިންގަޕޫރުން އެޤައުމުގެ 60 ވަނަ މިނިވަން ދުވަހުގެ ހަދިޔާގެ ގޮތުގައި އެޤައުމުގެ ރައްޔިތުންނަށް ފައިސާގެ ހަދިޔާ ދިނުމަށް ނިންމައިފިއެވެ.

މިގޮތުން ސިންގަޕޫރުގެ ޤާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ފާސްކުރަން ހުށައެޅި ބަޖެޓުގައި ވަނީ، އެޤައުމުގެ އާބާދީގައި ހިމެނޭ އުމުރުން 21 އަހަރުން މަތީގެ ކޮންމެ މީހަކަށް 600 ޑޮލަރު އަދި އުމުރުން 59 އަހަރުން މަތީގެ ކޮންމެ މީހަކަށް 800 ޑޮލަރު ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައެވެ. އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޯންގ ހާމަކުރެއްވި ގޮތުގައި، ރައްޔިތުންނަށް މިފައިސާގެ ޢިނާޔަތް ދިނުމަށް، 2 ބިލިއަން ސިންގަޕޫރު ޑޮލަރު ޚަރަދުވާނެއެވެ. އަދި މިފައިސާ ރައްޔިތުންނަށް ދޫކުރާނީ މިއަހަރުގެ ޖުލައި މަހުގައެވެ.

ސިންގަޕޫރުގެ މިނިވަން ދުވަހަކީ، ކޮންމެ އަހަރެއްގެވެސް އޯގަސްޓްމަހުގެ 9 ވަނަ ދުވަހެވެ. އިނގިރޭސީންގެ އަތްދަށުން ސިންގަޕޫރު މިނިވަންވީ 9 އޮގަސްޓް 1965 ގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.