Advertisement

ރަތަން ޓާޓާ އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ---

10 Oct 2024
ދުނިޔެ
ޢަލީ ސުލައިމާން

އިންޑިއާގެ އެންމެ ބޮޑު އެއް މަހުޖަނު ރަތަން ޓާޓާ މަރުވެއްޖެ

އިންޑިއާގެ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ޓާޓާގެ އެއްބާނީ، ރަތަން ޓާޓާ އުމުރުން 86 އަހަރުގައި މަރުވެއްޖެއެވެ.

ރަތަން ޓާޓާ މަރުވީ އިއްޔެ އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީރަށް މުމްބާއީގައެވެ.

ރަތަން ޓާޓާއަކީ، ޓާޓާކުންފުންޏަކީ ބައިނަލްއަޤުވާމީ ކުންފުންޏަކަށް ހަދައި އާއިލީ އެކުންފުނި ދުނިޔޭގެ ނަންހިނގާ ކުންފުންޏަކަށް ހެދި ފަރާތެވެ. ކުރިން ޓިސްކޯގެ ނަމުގައި ހިންގަމުން އައި ވިޔަފާރީގައި 1962 ވަނަ އަހަރު ޢަމަލީ ގޮތުން މަސައްކަތް ފައްޓަވައި، ޓާޓާ ކޮމްޕެނީގެ ގޮތުގައި އޭނާ އެކުންފުނި ފުޅާކުރެއްވީ، 1991 ވަނަ އަހަރުންފެށިގެންނެވެ. 

ޓާޓާ ކުންފުންޏަކީ، މިއަދު ރިއަލްއެސްޓޭޓް ވިޔަފާރިއާ މުވާޞަލާތީ ވިޔަފާރިއާއި ސޮފްޓްވެއާ އާއި ހާޑުވެއާ އަދި ވެހިކަލްތައް އުފައްދާ ކުންފުނިތައްވެސް ހިންގަމުން އަންނަ ބޮޑު ކުންފުންޏެކެވެ.

ރަތަން ޓާޓާ މަރުވުމާއި ގުޅިގެން، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ، އެ އާއިލާއަށް ތަޢުޒިޔާފޮނުއްވާފައެވެ. މޯދީގެ ތަޢުޒިޔާގެ މެސެޖުގައި ވިޔަފާރިއާ އިޤުތިޞާދީ ދާއިރާއިން ރަތަން ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާފައި ވެއެެވެ. 

ރަތަން ޓާޓާ އުފަންވީ، 1937 ވަނަ އަހަރު އިންޑިއާގެ ބޮމްބޭއަށެވެ. އަދި އޭނާ އެމެރިކާގައި ޒުވާން ދުވަސްވަރު ދިރިއުޅުއްވުމަށްފަހު އަނބުރާ އިންޑިއާއަށް އައިސް އާއިލީ ވިޔަފާރިއާ ގުޅުނީ، 1962 ވަނަ އަހަރުގައެވެ.

ޓާޓާ ކުންފުނީގެ އަހަރީ އާމްދަނީ މިހާރު އަހަރަކު، 100 ބިިލިއަން ޑޮލަރަށްވުރެ މައްޗެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.